މަޅުމަތި: އެއަރޕޯޓު ޓެކްސީ

އަހަރެން ދާގީނާ ގާޑިޔާ ކޮއްޕަމުން އައިސް ޓެކްސީ ކިޔޫގައި ހުއްޓިއްޖައީމެވެ.
އަހަރެންގެ ކުރީގައި ވިއްސަކަށް މީހުން ތިއްބެވެ.
ކިޔޫ އޮންނަނީ ވަކި ދިމާއެއްގައެވެ.
ފާހަގަ ކޮށް އެނގޭނޭ ގޮތް ހަދާފައެވެ.
އަހަރެން ހުއްޓިގެން ހުރީ ކިޔޫގެ މެދެއްހައި ތާނގައެވެ.
އިންތިޒާމު ބަލަހައްޓަން އެއަރޕޯޓުގެ މުވައްޒަފުން އުޅޭތަން ފެނެއެވެ.

އަހަރެން އައި އިރު އޮތީ އެންމެ ދެތިން ޓެކްސީއެވެ.
ކުރީގައި ތިބި މީސްމީހުން އޭގައި ހިނގައްޖެއެވެ.
ދެން ޓެކްސީ އަންނާން ފެށީ އިރުކޮޅެއް ފަހުންނެވެ.

ކުއްލިއަކަށް އަހަރެމެންގެ ދިވެހި ބަލި ހިލިގެންފިއެވެ.
ކިޔޫ ފަޅައިލާފައި ބައެއް މީހުން ދާން ފަށައިފިއެވެ.
އަނެއް ބަޔަކު ބަންދުކޮށް ފީތާ ދަމައިފައި ހުރި ތަންތަނުން ފީތާ އަމިއްލައަށް ނައްޓައިގެން ކުރިއަށް ދެމިގެންފިއެވެ.
ކޮނެމް ގޮތަކަށް ދިޔަ ނަމަވެސް ޓެކްސީއެއް ލިބެއެވެ.
އެއަރޕޯޓު މުވައްޒަފުން ބަލަހައްޓައިގެން ތިއްބެވެ.

އަހަރެންވެސް ފީތާ ނައްޓާލި ދިމާއަކުން ނުކުމެއްޖައީމެވެ.
ތައްޔާރަށް އޮތް ޓެކްސީއަކަށް އަރަން ދޮރު ހުޅުވާލައިފީމެވެ.
ޑުރައިވަރު ބުންޏެވެ.
ކަލޭ ތިޔަ އައީ ގަވާއިދަކުންނެއް ނޫނެވެ.
ކިޔޫއަށް ދާށެވެ.
އަހަރެން ބުނީމެވެ.
އަހަރެން މި އައީ އެހެން މީހުންވެސް އަންނަ ގޮތަށެވެ.
އޭނާ ބުންޏެވެ.
މިޔަކަށް ނާރުވާނަމެވެ.
ކިޔޫއަށް ދާށެވެ.

އަހަރެން އެނބުރި ގޮސް ކިޔޫގެ އެންމެ ފަހަތުގައި ހުއްޓިއްޖައީމެވެ.
އެމީހަކަށް ޖެހުނު ދިމާއަކުން ނުކުމެގެން މީހުން ޓެކްސީއަށް އަރާތަން ބަލަހައްޓައިގެން ހުރީއެވެ.
އެއަރޕޯޓު މުވައްޒަފުންވެސް އެ މަންޒަރު ބަލަނީއެވެ.
ބައިވެރިޔަކު ލިބުމަކީ ކުޑަ އުފަލެއް ނޫނެވެ.

2 ޚިޔާލު

  1. މިއީ ތެދު ވާހަކައެއް. ބެލެހެއްޓުމުގެ ނަމުގައި ބަޔަކު ތިބޭ. އެކަމަކު އެއިން މީހަކަށް ނުކެރޭ ކޮންމެ ގޮތަކަށް ކަން ވިއަސް އެއްޗެކޭ ބުނާކައް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.