އަދީބަށް ބޮން ހަދައިދިން މީހާ ހުރީ ހައްޔަރުކޮށްފައި – ޑިފެންސް މިނިސްޓަރު

gdfgdfg

ރައީސުލްޖުމުހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ހަރުކުރި ބޮން އަދީބު ވިދާޅުވެގެން ހަދައިދިންކަމަށް ޢިއުތިރާފުވި މީހާ ހުރީ ފުލުހުންގެ ބެލުމުގެދަށުގައި ހައްޔަރުކޮށްފައިކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ފިނިފެންމާގައި ހަރުކުރި ބޮން ނުވަތަ އައިއީޑީ ހެދިކަމަށް އިއުތިރާފްވެފައިވާ ސިފައިންގެ މީހާ ދޫކޮށްލާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއްކަމަށެވެ. ނުރައްކާތެރި ހަތިޔާރު އުފައްދާ ބަޔަކު ނުވަތަ މީހަކު ސަރުކާރުގެ ބެލުމުގެ ދަށުން ނުބެލެހެއްޓޭކަމަށްވާނަމަ، އެއީ ގައުމީ ސަލާމަތަށް ހުރު ނުރައްކަލެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޮން ހެދިމީހާއާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅޫ އަސްކަރިއްޔާގެ ފަރާތުންވެސް އަޅާނެކަމަށެވެ.

ފިނިފެންމާ ގޮއްވާލުމަށް އައިއީޑީ ތައްޔާރުކުރި ސިފައިންގެ މީހާ ވަނީ ސިއްރު ހެއްކެއްގެގޮތުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ދެކޮޅަށް ޝަރީއަތުގައި ހެކިބަސް ދީފައެވެ. އޭނާ ބުނީ އަދީބު ވިދާޅުވެގެން ބޮން ތައްޔާރުކުރި ކަމަށެވެ. އަދި އެކަން ކުރި ގޮތުގެ ތަފްސީލާއި، ބޮން ތައްޔާރުކުރުމަށް ގަތް ކެމިކަލްތަކާއި، އެކަމަށް ގަތް އާލަތްތައްވެސް ޝަރީއަތުގެ މަޖިލީހުގައި އޭނަވަނީ ކިޔައިދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.