މުކޭޝް އަމްބާނީގެ ދަރިފުޅުގެ ކާވެންޏަށް ހިލަރީ ކްލިންޓަން އިންޑިއާގައި

މުކޭޝް އަމްބާނީގެ ދަރިފުޅު އިޝާ އަމްބާނީގެ ކާވެންޏަށް އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ އަދި 2016ވަނަ އަހަރުގެ ޑިމޮކްރެޓިކް ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން މިއަދު އިންޑިއާ އަށް ވަޑައިގެންފިއެވެ. ޖޯދްޕޫރް އެއަރޕޯޓުން ހިލަރީ އަށް މަރުޙަބާ ދެންނެވީ މުކޭޝް އަމްބަނީ އާއި އަނބިކަނބަލުން ނީތާ އަމްބާނީ އެވެ. 

މުކޭޝް އަމްބާނީ އަކީ ރިލަޔަންސް އިންޑަސްޓްރީޒްގެ ޗެއަރމަން އަދި އިންޑިއާގެ އެންމެ މުއްސަނދި މީހާ އެވެ. އިޝާގެ ކައިވެންޏަކީ ހައި ޕްރޮފައިލް ވެޑިން އަކަށް ވުމާ އެކު މުމްބާއީ އެއަރޕޯޓާއި އަދި އުދައިޕޫރް އެއަރޕޯޓުަގައި ވަނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްފައެވެ. އިޝާެ ކައިވެނީގެ ޙަފްލާގައި އިންޑިއާގެ ސްޓޭޓް ތަކުގެ ޗީފް މިނިސްޓަރުންނާއި ސިޔާސީ ފަރާަތްތަކުން ބައިވެރިވާނެއެވެ.

ހިލަރީ ކްލިންޓަންގެ އިތުރުން އެމެރިކާގެ ލަވަކިޔުންތެރިޔާ މާރިއާ ކޭރީ ވެސް މި ކަައިވެނީގައި ބައިވެރިވެއެވެ. އަދި މަޝްހޫރް ޑިޒައިނަރ ރަލްފް އެންޑް ރޫސޯ ވެސް ވަނީ މިއަދު އުދައިޕޫރް އަށް ގޮސްފައެވެ.

އިޝާެ ކައިވެނީގައި ބައިވެރިވުމަށް ބޮލީވުޑްގެ ގިނަ ފަންނާނުން ތަކެއް ވަނީ މިއަދު އުދައިޕޫރަށް ގޮސްފައެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ނިކް ޖޮަނަސް އާއި ސަލްމާން ޚާން އާއި ކަޓްރީނާ ކައިފް އާއި އާމިރް ޚާން އާއި އަންހެނުން ކިރަން ރޯއޯ އާއި ޝާހް ރުކް ޚާން އާއި އަންހެނުން ގޯރީ އާއި ޖޯން އަބްރަހަމް އާއި އަންހެނުން، އަބީޝެކް އާއި އައިޝްވާރްޔާ އަދި ބޯނީ ކަޕޫރް އާއި ޖާންވީ ކަޕޫރް އަދި ޚުޝީ ހިމެނެއެވެ. ކުޅިވަރު ޝަޚްޞިއްޔަތުންގެ ތެރެއިން ސަޗިން ތަންދުލްކަރް އާއި އަންހެނުންވެސް ވަނީ ޖޯދްޕޫރް އަށް ގޮސްފައެވެ. ބެލެވޭ ގޮތުގައި މި ކާވެނީގައި ބައިވެރިވުމަށް ގިނަ ފާރާތްތަކަކުން އުދައިޕޫރަށް ދާނެއެވެ.

މުކޭޝްގެ އަންހެން ދަރިފުޅު އިޝާ ކާވެނި ކުރަނީ ޕިރަމަލް ގްރޫޕްގެ ޗެއަރމްން އަޖޭ ޕިރަމަލްގެ ދަރިފުޅު އާނަންދް އާއެވެ. ކާވެނީގެ ރަސްމީ ހަފްލާ ތައް ފެށޭނީ ޑިސެންބަރު 9 އެއްވާ އާދީއްތަ ދުވަހުއެވެ. ކާވެނި އޮންނާނީ ޑިސެންބަރު މަހުގެ 12ވަނަ ދުވަހު އެވެ. މި ކާވެނީގައި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މެހްމާނުން ބައިވެރިވާނެއެެވެ.

ފޯރބްސް މެގަޒިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 2018ވަނަ އަހަރު އެކަނި މުކޭޝްގެ މިލްކިއްޔާތަށް 16.9 ބިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވެއެވެ. އެއާއެކު އޭނާގެ މިލްކިއްޔާތަކީ މިހާރު 40.1 ބިލިއަނެވެ. 2017ވަނަ އަހަރު މުކޭޝް ހިމެނިފައިވަނީ ދުނިޔޭގެ މުއްސަނދީންގ ެތެރެއިން 33ވަނައިގައެވެ. މިއަަހަރުގެ ފޯރބްސް ލިސްޓަށް ބަލާއިރު ދުނިޔޭގެ 2،208 ބިލިއަނަރުންގެ ތެރެއިން މުކޭޝް ހިމެނެނީ 19ވަނައިގައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.