މިންޓަނައިން ބުލޫލެމަނޭޑް ހެޕީމާކެޓުން ރާއްޖެއަށް ތަޢާރަފް ކޮށްފި

މީރު ބުއިމެއް ކަމަށްވާ މިންޓަނައިން ބުލޫލެމަނޭޑް މަޝްހޫރު ވިޔަފާރި ކުންފުނި ހެޕީމާކެޓުން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ހެޕީމާކެޓުން ވިދާޅުވީ މިއީ ޖަރުމަނުވިލާތުގެ މަޝްހޫރު އުފެއްދުމެއް ކަމަށެވެ. "މިބުއިމަކީ މިންޓް އަދި ލެމަން ލައިމް ފްލެވަރގެ ވަރަށް މީރު ބުއިމެއް" އެތަނުން ވިދާޅުވިއެވެ. އެކުންފުނިން ވިދާޅުވީ މިއީ އެނަރޖީ ޑްރިންކެއް ނޫންކަމަށެވެ. އެއްވެސް ވަރަކަށް ކެފެއިން ނުހިމެނޭ މި ބުއިމަކީ ހުރިހާ ޢުމުރަކަށް ވެސް އެކަށީގެންވާ ބުއިމެއް ކަމަށް އެތަނުން ވިދާޅުވިއެވެ.

ޔޫރަޕްގެ ޤައުމުތަކުގެ މާކެޓުގައި މި ބުއިން މަޝްހޫރު ވެފައިވަނީ ލައިފްސްޓްއިލްގެ ބުއިމެއްގެ ގޮތުގައެވެ. މިއީ ހޫނުގަދަ ދުވަސްތަކުގައި ކަރުތެރެ ފިނިކޮށް ތާޒާކަން ގެނެސްދޭނެ ބުއިމެއް ކަމަށް ހެޕީމާކެޓުން ވިދާޅުވެފައިވެއެވެ.

"މިންޓަނައިން ބުލޫލެމަނޭޑަކީ ރިސޯޓު މާކެޓުގައި ކޮކްޓެއިލް ރެސިޕީސް ހެދުމަށް އަދި ރެސްޓޯރެންޓުތަކުގައި ތަފާތު ވައްތަރުގެ ޑްރިންކްސް މިކްސް ހެދުމަށް ވަރަށް ކަމުދާނެ ބުއިމެއް،" ކަމަށް ވެސް ހެޕީމާކެޓުން ވިދާޅުވެފައިވެއެވެ.

މި ޚާއްސަ ބުއިމުގެ ރަހަ ދެއްކުމުގެ ޙަރަކާތެއް ޑިސެމްބަރު މަހު ބޭއްވުމަށް ވެސް ހެޕީމާކެޓުން ގެންދަނީ ތައްޔާރުވަމުންނެވެ. އޭގެ އިތުރަށް މި ބުއިމަށް ޚާއްސަ ފޭސްބުކް އަދި އިންސްޓަރގްރާމް "ކޮންޓެސްޓެއް" މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް އެތަނުން ވިދާޅުވިއެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރުކުރާ ހެޕީމާކެޓުގެ އަމާޒަކީ ދުނިޔޭގެ ކަންކަކޮޅުތަކުގައި ވިއްކާ ފެންވަރު ރަނގަޅު މީރު ބުއިންތައް ރާއްޖެއަށް ގެނެސް އެތަކެތި ރާއްޖެއިން ލިބޭނެގޮތް ހެދުން ކަމަށް ވެސް އެތަނުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.