ޕީޕީއެމްގެ ގޮންގްރެސް ޞައްޙަ ކަމަށް ޙުކުމް ކުރައްވައިފި

ކުއްލި ގޮތަކަށް ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ޞައްޙަ ކަމަށް ހައިކޯޓުން ދެންމެ ޙުކުމް ކުރައްވައިފިއެވެ.

އެކޯޓުން އެގޮތަށް ނިންމެވީ ކޮންގްރެސްގައި ނިންމެވި ކަންކަން ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންގުމުން ޕީޕީއެމްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެމައްސަ ބެއްލެއްވުމަށްފަހު މިއަދު ކުރެއްވި ޙުކުމުގައެވެ.

ހައިކޯޓުން ނިންމައިފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ބާއްވައިފައިވަނީ އެޕާޓީގެ ޤަވާޢިދާއު އަދި ސިޔާސީ ޕާޓީތަކުގެ ޤަވާޢީދާ ވެސް އެއްގޮތަށް ކަމަށެވެ. އެހެންކަމުން ހައިކޯޓުން ވަނީ އެ ކޮންގްރެސް އީސީން ބަލައިނުގަނެފައިވާ ނުގަތުން ވެސް ބާޠިލް ކުރައްވައިފައެވެ.

ހުސްވި ސެޕްޓެމްބަރު 28 ވީ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ޚާއްޞަ ކޮންގްރެސްގައި ނިންމެވި ނިންމުންތައް ބަލައިނުގަތީ ކޮންގްރެސް އޮބްޒާވް ކުރަންދިޔަ އޮބްޒާވަރުން ހުށަހެޅި ރިޕޯޓަށް ބެއްލެވުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އެކޮމިޝަނުން އެނިންމު ނިންމެވިއިރު ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާތުތައް ފުރިހަމަ ނުކޮށް ކަމަށާއި އެހެން ކަމުން އެކަން މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔާމު ވަނީ އިލެކްޝަނަށް މައްސަލަ ހުށަހަޅުއްވައިފައެވެ.

އީސީން ކުރިން ވިދާޅުވެފައިވަނީ ކޮންގްރެސްއެއް ބާއްވާ ކަމަށްވާނަމަ އިއުލާން ކުރަންޖެހޭ ކަމަށެވެ. އަދި ވޯޓަރސް ލިސްޓްވެސް ހުށަހަޅަން ޖެހޭ ކަމަށެވެ. "ވޯޓުދޭނީ ކޮންބައެއްކަން އިއުލާންކޮށް ބުނަންޖެހޭ. އަދި އެމީހުންނަކީ ހަތަރު މަސްދުވަހުގެ ކުރިން ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި ބައެއްކަން އެނގެންޖެހޭ،" އީސީގެ ރައީސް ޝަރީފް ކުރިން ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ ކޮންގްރެސް ބޭއްވީ މިއިން އެއްވެސް ކަމެއް ފުރިހަމަނުކޮށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.