ގެއްލިފައިވާ ނޫސްވެރިޔާ، އަޙްމަދް ރިޟްވާންގެ މައްސަަލައިގައި އާއިލާ އާއި އާއްމުން ފާޅުކުރަމުން ގެންދަނީ ޙައްޤު ނުރުހުމެއް ކަމަށް ކުރީގެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ ރައީސާ ފާޠިމަތް ސަރީރާ ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. ސަރީރާ މިހެން ވިދާޅުވީ ރިލްވަންގެ މައްސަލަ ފޮރުވަން އުޅުއްވި ކަމަށް ތުހުމަތު ކޮށް ސަރީރާ އާ ދެކޮޅަށް ޓުވިތަރ ގައި ނުރުހުން ފާޅުކުރަން ފެށީ ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ހޮނިހިރު ދުވަހު އެކުލަވާލެއްވި 'ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް ސަރީރާ އައްޔަން ކުރެއްވައި އެކަން އާއްމުކުރެއްވުމުންނެވެ.
ސަރީރާ ޕީއައިސީ އަށް އައްޔަން ކުރެއްވި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤަޔޫމް އެވެ. ރިލްވާންގެ ބޭބެ އާދީއްަތ ދުވަހު ކުރީ ޓުވީޓެއްގައި ބުނެފައިވަނީ ރިލްވާންގެ މައްސަލަ ތަހުގީގު ކުރެއްވުމުގައި ސަރީރާ ފެއިލްވެފަިއވާ ކަަށެވެ. އަދި ތަހުގީގު ރިޕޯޓު ޝާއިޢުކުރެއްވުމަށް ސަރީރާ ދެކޮޅު ހައްދަވާފައިވާ ކަމަށެވެ. ނަމަވެސް ކަރަޕްޝަނާއި ދައުލަތުން ގެއްލިފަިއވާ މުދާ ހޯއްދެވުމަށް އެކުލަވާލި ކޮމިޓީ އަށް ސަރީރާ އައްޔަން ކުރައްވާފައިވާތީ ރިލްވާން ވަނީ ސުވާލު އުފައްދާފައެވެ. ރިލްވާންގެ އިތުރުން ރިލްވާން ގެ ގާތް އެކުވެރިންނާއި އާއްމުން ދަނީ ސަރިޜާ އާ ދެކޮޅަށް ނުރުހުން ފާޅުކޮސް ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.
ރިލްވާންގެ ބޭބެގެ ޓުވީޓު ތްރެޑް:
??♂️ @sariiira who was appointed as the president of PIC by YAG and failed to investigate #Findmoyameehaa case / denied to publish the report now gets appointed to corruption and asset recovery commision? ?♂️ #ShukuriyyaIbu @ibusolih @FaisalNasym @presidencymv pic.twitter.com/alex9L0NeZ
— Rilwan?؟ (@rilvarn) November 19, 2018
މި މައްސަލައާއި ގުޅިގެން ސަރީރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އާ ދެކޮޅަށް ނުރުހުން ފާޅުކުރުމަކީ ހައްގު އަދި މުހިއްމު ކަމެއް ކަމުގައެވެ. އަދި ރިލްވާން އަށް އިންސާފު ލިބެންދެން އެކަން ދަމަހައްޓަންވާނެ ކަމަށް ސަރީޜާ ވަނީ ވިދާޅުވެފައެވެ. އަދި ރިލްވާންގެ އާއިލާގެ ތަހައްމަލު ކުރަމުންދަ ހިތްދަތިކަން އިހްސާސް ކުރން ނޭނގޭނެ ކަމަށާއި ރުޅިވެރިކަން ފާޅުކުރުމުގެ ހައްގު އާއިލާ އަށް އޮތް ކަމަށްވެސް ސަރިރާ ވަނީ ވިދާޅުވެފައެވެ.
ސަރީރާ ވިދާޅުވީ ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ޕީއައިސީގެ ރޯލާއި އެޭނާ މަގާމުގައި ހުންނެވި އިރު ދިމާވި އެއްވެ ކަމެއްގެ ވާހަކަ، އެމައްސަލައިގެ ތަހުގީގުވެސް ނުނިމެނީސް ސޯޝަލްމީޑިއާގައި ހާމަ ކުރެވެން ނެތަ ކަމަށެވެ. އަދި ގާނޫނީ ގޮތުންވެސް އެކަން ކުރުން އޭނާ އަށް ހުއްދަ ނުކުރާ ކަމަށެވެ.
ސަރިރާ ވިދާޅުވި ގޮތުައި އޭނާ އެދެނީ ރިލްވާން އަށް އިންސާފު ލިބުމެވެ. އަދި މަގަމުގައި ހުންނަވައިގެން އެމައްސަލަ ނިންމަވާން ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރެއްވި ކަމގުެ ޔަގީންކަން އާއިލާ އަށް ޔަގީންކޮށްދެއްވާ ކަމަށެވެ. އަދި ޕީއައިސީ އުވާލާފައިވަނީ ރިލްވާންގެ މައްސަލއިގެ މެދުތެރެއިން ކަމަސް ވެސް ސަރީޜާ ވަނީ ފާހަގަކުރއްވާފައެވެ. އަދި މި އަމަލަކީ ކުރިއަށް ދިޔަ ތަހުގީގުތައް ހުއްޓުވާން ކުރެއްވި ކަމެއް ކަން ގަބޫލު ކުރައްވާ ކަމަށްވެސް ސަރީރާ ވަނީ ވިދާޅުވެފައެވެ.
މައްސަލައިގެ ތަހުގީގަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަން އަށް ދެއްވާނެ ކަމގުަ ޔަގީންކަން ސަރިރާ ވަނީ ދެއްވާފައެވެ. އެގޮތުން ކޮމިޝަންގެ ރައިސަށް މިހާރުވެސް އެކަމާ ގުޅޭގޮތުން އިޝާރާތް ކުރައްވާފައިވާ ކަމަށް ވެސް ސަރީރާ ވަނީ ވިދާޅުވެފައެވެ.
ސަރީރާ ވަނީ އޭނާ އަށްވެސް ނާއިންސާފު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށައި އެހެން ކަމުން އާއްމުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ރިލްވާންގެ އާއިލާ އާއި ގާތް ތިމާގެ މީހުން އަދި އެކުވެރީން ރިލްވާން އަށް އިންސާފު ހޯދުމަށް ރެއާއި ދުވާލު ކުރެއްވި މަސައްކަތް ފާހަގަ ކުރެއްވުމަށް ފަހު އަދިވެސް ވެވަޑައިގަތް މިންވަރަކުން އެ މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވުމާއެކު އެކަމުގައި މީގެ ކުރީން ކުރައްވައިފައިވާ މަސައްކަތަށް ވުރެ އިތުރު މަސައްކަތްތަކެއް އޭނާއަށް ކުރެއްވޭނޭ ކަމަށް ރިޟްވާންގެ އާއިލާއާއި އޭނާއަށް އިންސާފު ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް ފެންނަ ނަމަ، އެވަރަށް މަސައްކަތް ނުކުރެއްވި އޮތްނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ސަރީރާ ވަނީ ވިދާޅުވެފައެވެ.
ސަރީރާގެ ޓުވީޓް ތްރެޑް:
Reg. Rilwan’s case, the social uproar is right, well-justified, and necessary. The public must keep it up until justice is served. The family has a right to be frustrated & angry. We may never understand the depths of their pain.
— Sariira A. Shareef (@sariiira) November 20, 2018
ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އާއި ކަސްޓަމްސް އިންޓެގްރިޓޯ ކޮމިޝަން އުވާލައްްވައި ރައީސް ޢަބްދުﷲ ޔާމީން ވަނީ އެ ދެ ކޮމިޝަނުން ކުރެއްވި މަސައްކަތް ތައް ކުރިއަށް ގެންދެވުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފައްދަވާފައެވެ.
ރިލްވަންގެ މައްސަލައިގައި ސަރީރާގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް އާއި ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަލީ ވަޙީދް އާ ދެކޮޅަށްވެސް ގިނަބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ޢަބްދުﷲ ރިޔާޒް ވަނީ ވަގުތު ޖެހުމުން ޑރ. އަފްރާޝީމްގެ މައްސަލަ އާއި ބެހޭ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން އެކަމާ ގުޅޭ ގޮތުން ޓީވީ ޕްރޮގްރާމަކުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ އެކަމަށް އެންމް ރަނގަޅޫ ޕްލެޓްފޯމުގައި އެވާހަކަތައް ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ޖޭޕީގެ ނައިބް ރައީސް އަލީ ވަހީދު ވަނީ ރިލްވާންގެ މައްސަލަ އާއި ގުޅޭ ހުރިހާ މައުލޫމާތެއް ލިބިފަިއވާ ކަމަަށާއި ވަގުތު ޖެހުމުން ހާމާކުރައްވާނެ ކަމަށޤ ވިދާޅުވެފައެވެ.