ނޮބެންބަރު މަހުގެ 19ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހެެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަ ކުރިކަމުގައިވީ ނަަމަވެސް ފިރިހެނުންގެ ދުވަސް ދަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ގިނަ މުޖްތަމަޢު ތަކުން ގަބޫލުކުރާ ގޮތުގައި ފިރހެނުންނަކީ އަންހެނުންގެ މައްޗަށް އަމުރުމައުރޫފް ހިންގާން ތިބޭ މީހުންނެވެ. އަންހެނުންނަކީ ބަލިކަށި ނިކަމެތި މީހުންނެވެ.
އެހެންކަމުން ބައިނަލްއަގުވާމީ ފެންވަރެއްގައި ފިރިހެނުންގެ ދުވަހެއް ފާހަގަ ކުރާކަން އެނގުމުން ބައެއް މީހުންނަށް ވަނީ ހެއްވާ ކަމަަކަށެވެ. މިހެން ދިމާވަނީ މަޖްތަމައުތަކުގައި ފިރިހެނުންނަށް ދީފައިވާ ހައިސިއްޔަތާއި އަދި އަންހެނުންނާ މެދު އުފެދިފައި ހުންނަ އިދިކީލި ފިކުރިއްޔާތުގެ ސަަބަބުންނެވެ.
އެހެންކަމުން ފިރިހެންނުގެ ދުވަހެއް ކަނޑައަޅައި، ބައިނަލްއަޤްވާމީ ފެންވަރުގައި ދުވަހެއް ފާހަގަ ކުރާ ސަބަބަށް ބަލައިލުމަކީ މުހިއްމު ކަމަކެވެ. ފިރހެނުންނަކީ އަންހެނުންހައި ބަލިކަށި ބަޔަކު ކަމުގައި ނުވިޔަސް ބޮޑެތި ޒިއްމާ އުފުލާ ބަޔަކީ ފިރިހެނުންނެެވެ. އާއިލާ އާއި ވަޒީފާގެ މާހައުލުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. މިފަދަ ކަންކަން ތަހައްމަލު ކުރުމުގެ ޤާބިލުކަން އެކިމީހުްންގެ ކިބަައިގައި ހުންނަނީ އެކި މިންވަރަށެވެ.
ނޮވެންބަރު 19، ބައިނަލްއަޤްވަމީ ފިރިހެނުންގެ ދުވަހަކީ ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮ (މެންޓަލް ހެލްތް) ކަމާއި މެދު ހޭލުންތެރި ކަން އުފެއްދުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެވެ. 45 އަހަރުން ދަށުގެ މީހުނެގެ މަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަމިއްލައަށް މަރުވާ ފިރިހެނުންގެ އަދަދު އަންނަނީ އިތުރުވަމުންެވެ. ފިރހެނުންގެ ދުވަހަކީ ނަފްސާނީ ދުޅަހެޔޮކަމައި އަމިއްލަ އަށް މަރުވުމާ ދެކޮޅަށް ހޭލުންތެރިކޮށް މަޝްވަރާ އަށް ހިތްވަރު ދިނުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
1999ވަނަ އަހަރުން ފެށިގެން ފިރިހެނުންގެ ދުވަސް ފާހަގަ ކުރަމުން އައީ ޞުލްޙަވެރި ކަމާއެކު ކަންކަން ޙައްލު ކުރުމަށް ބާރުއެޅުމަށާއި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. މިހާރު އަމާޒު ކޮންމެވެސް ވަރަކަށް މިވަޏި ބަދަލުވެފއެވެ. ފިރިހެނުްނަށް ކުރިމަތިވާ ކޮންމެ ހިތް ނުވަތަނަވަސް ކަމަކީ ނުވަތަ އުދާހަކީ އޭގެ ސަބަބުން އާއިލާތަކަށް އަދި ޖުމްލަގޮތެއްގައި މުޅީ މުޖްތަމައަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާ ކަންކަމެވެ، މިއީ މުޅީ ދުނިޔޭގައި ވެސް މިކަން އޮތް ގޮތެވެ. އެހެންކަމުން އާއިލާ އާއު މުޖްތަމަޢުތައް ބަދަހި ކުުރުމަށްޓަކައި ފިރިހެނުންނަ ކުރިމަތިވާ މައްސަލަ ތަކާމެދު މުޅި މުޖްތަމަޢު ހޭލުންތެރި ކުރުމަކީ މުހިއްމު ކަމެކެވެ.
ޒުވާން އުމުރުގައި އަމިއްލަ އަށް މަރުވަން ދިމާވާ އެއް ސަބަބަކީ މާޔުސީ ވުމާއި ނަފްސާނީ ބަލިކަށިކަމުގެ ސަބަބުންނެވެ. ފިރިހެނުންނާ މެދު އުފެދިފައި ހުންނަ ފިކުރައްޔާތު ތަކުެގ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެ ގޮތް ހުސްވިޔަސް އެވާހަކަތައް ހިއްސާ ކުރަން ޖެހިލުންވެއެވެ. ފިރިހެނުންގެ ދުވަހެއް ފާހަަގަ ކުރުމުގެ ބޭނުމަކީ އެފަދަ ވާހަކަތައް އިތުބަރު ކުރެވޭ މީހަކާ ހިއްސާ ކުރުމަށް ބާރު އެޅުމަށެވެ. އަދި ވަކި ޖިންސަކަށް ނުބަލައި ބިނާކުރަނވި ގޮތެއްގައި މަޝްވަރާ އަށް މަގު ފަހިކޮށްދިނުމަށް އެހީތެރިވުމެވެ. މަޝްވަރާ ކުރުމުން ކަންކަމާ ކުރިމަތި ލައި، ގުޅުން ބަދަހިވެ، ކަންކަން ތަހައްމަލް ކުރުމުގެ ގާބިލުކަން އިތުރުވެއެވެ.
ފިރިހެންންގެ ދުވަހެއް ފުރަތަމަ އުފަންވީ 1991ވަނަ އަހަރުއެވެ. ނަމަވެސް ރަސްމީ ގޮތެއްގައި އިފްތިތާޙު ކުރެވުނީ އޭގެ 1 އަހަރު ފަހުން، 1992ވަނަ އަހަރުއެވެ. އަދި 1999ވަނަ އަހަރު ކެރިބިއަން އައިލެންޑްސްގެ ޓްރިނިޑާޑް އާއި ޓޮބޭގޯ ގަ މިދުވަސް އަލުން މުރާޖަޢާ ކުރެވުނެވެ. ފިރިހެނުންގެ ދުވަހުގެ ގޮތުގައި ނޮވެންބަރު 19ވަނަ ދުވަސް ހޮވާފައިވަނީ ޓްރިނިޑާޑް އަދި ޓޮބޭގޯގެ ޑރ. ޖެރޮމީ ޓީލަކްސިންގ އެވެ. އެދުވަސް އޭނަ ހޮވާފައިވަނީ އޭނާގެ ބައްޕަގެ ހަނދާނުގައެވެ.
ޓީލަކްސިންގ ފާހަގަ ކުރެއްވާފައިވާ ގޮތުގައި މި ދުވަހަކީ ވަކި މިންތިއަކަށް ޚާއްޞަ ދުވަހެއް ނޫނެވެ. އެއީ ފިރިހެނުންނައި ފިރިހެން ކުދީންނާއި ގުޅުން ހުރި މައްސަލަތަކަށް ޚާއްޞަ ދުވަހެކެވެ. އަދި އެހެން ފިރިހެނުންނާއި ކުދީންނަށް ނަމޫނާ ދައްކައި މުޖްތަމައަށް ހެޔޮ ބަދަލު ގެނެސް ނަފްސާނީ ދުޅަހެޔޮ ކަމާ މެދު މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާ މީހުންެގެ ވެސް ދުވަހެވެ.
އޭގެ އިތުރަށް ބައިނަލްގުވާމީ ފިރިހެނުނގެ ދުވަހަކީ ފިރހެނުންނަށް ކުރިމަތިވާ ބަނޑުހައި ހޫނުކަމާއި، ފަގީރު ކަމާއި، ގެދޮރު ނެތް މީހުންނާއި، މައިންބަފައިންގެ އަޅާލުން ނުލިބޭ ކުދީންނާއި ޔަތީމު ކުރީންނާއި ދީނީ އަދި ނަސްލީ ތަފަތު ތަކާ މެދު ހޭލުންތެރިކޮށް އެކަމަށް ޚާއްޞަ ކުރެވިގެން ފަހަގަކުރާ ދުވަހެކެވެ،
އެހެންކަމުން މިއަދަކީ މިދަފަ މައްސަލަ ތަކާ މެދު ފިކުރު ހިންގައި މިންތީގެ ތަަފާތު ކުރުންތައް ނައްތައިލުމާއި އެއް ޖިންސާއި އަނެއް ޖިންސުގެ މެދުގައި ގެންގުޅޭ ތަފާތު ތައް ނައްތައިލުމަށް ޢަޒުމް ކަނޑައަޅަން ވީ ދުވަހެވެ. ފިރިހެނުންނަކީ ވެސް ތަބިއީތގޮތުން އަންހެނުންނައި ތަފާތު ބަޔަކަށް ވި ނަމަވެސް ޖަޒުބާތާއި އިހްސާސްތައް ހުންނަ މީހުންކަން ދަނެ އިހްތިރާމާ އެކު އަމަލު ކުރުމަށް އަޒުމް ކަނޑައަޅަންވީ ދުވަހެވެ.