ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ސުޕަރސްޓަރ ރަޖްނީކާންތް އާއި އަކްޝޭ ކުމާރް ގެ '2.0' ގެ ޓީޒަރ ނެރެފިއެވެ. ޓީޒަރ އިން ފެންނަނީ ޗިއްތީގެ ގޮތުގަިއ ރަޖްނީ ކާންތް އެނބުރި އަންނަ ތަނެވެ. ޗިއްތީ އަކީ ރޮބަޓެކެވެ. ރޮބަޓް އުފައްދާފައިވަނީ ވަސީގަރަން އެވެ ވަސީގަރަން އަކީ ވެސް ރަޖްނީކާންތް އެވެ. އެނބުރި އަންނަ އިރު ރޮބަޓް ކޮމިޝަން ކޮށްފައި އާދަޔާ ޚީލާފު ބާރެއް ހުއްޓުވުމަށް ޑރ. ރިޗަޑް (އަކްޝޭ ކުމާރް) ގެ ގޮތު.ގައެވެ.
ޓީޒަރ އިން މާގިނަ މައުލޫމާތު ނޭނގުނު ނަމަވެސް ވިޝުއަލް އަށް ބަލާއިރު މިއީ މޮޅު ފިލްމަކަށް ވާނެއެވެ. އަކްޝޭ ކުމާރްގެ މޭކްއޯވަރ އިން އޭނާ އަކީ ކާކުންވެސް ނޭނގެއެވެ. ޓީޒަރ އިން ފާހަގަކުރެވޭ އެންމެ އަޅައިގަންނަ ކަމަކީ އޭއާރް ރަހްމާން ކޮމްޕޯޒް ކޮށްފައިވާ ބެކްގްރައުންޑް ސްކޯރ އެވެ.
މި ޓީޒަރ ގެ 3ޑީ ވަރޝަން އެއް މިއަދު ތިއޭޓަރުތަކުގައި ސްކްރީން ކުރާނެއެވެ. ފިލްމު އުފެއްދި ފަރާތުން މީޑިއާ އަށް މައުލޫމާތު ދީފައިވަ ގޮތުގައި ޓީޒަރ ގެ 2ޑީ ވަރޝަން އާއި 3ޑީ ވަރޝަން އެކުއެކީގައި ނެރެނީ ފލްމުގެ ވިޝުއަލްސް ތަޖުރިބާ ކުރުމަށް ބެލުންތެރީންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
'2.0' އަކީ 500 ކްރޯޑުގެ ބަޖެޓަކުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމު އުފެއްދުމުގެ މަސައްކަތް ކުރިޔަށްދާތާ މިހާރު 2 އަހަރުވެއްޖެއެވެ. ރަޖްނީކާންތް އާއި އަކްޝޭގެ އިތުރުން އެމީ ޖެކްސަން އާއި ސުދާންސޫ ޕާންޑޭ އާއި އަދީލް ހުސައިން ވެސް މި ފލްމުގެ ކާސްޓްގައި ހިމެނެއެވެ. ފިލްމަށް މިއުޒިކް ހަދާދީފައިވަނީ އޭ އާރ ރަހްމާން އެވެ. ފިލްމު ސިނަމާގައި އަޅުވާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 29ވަނަ ދުވަހުއެވެ.
'2.0' ގެ ޓީޒަރ: