މާލޭގެ މަގުތައް ބަންދުރާ ގަޑިތައް ޢާއްމުކުރަން ފަށައިފި

6350074621_b63df4a055_b

ކޮންސްޓްރަކްޝަން މަސައްކަތްތަކާއި އެހެނިހެން މަސައްކަތް ކުރުމަށް މާލޭގައި ބަންދުކުރާ މަގުތައް އާންމުންނަށް އެނގޭގޮތަށް އާއްމުކުރަން ފަށައިފިއެވެ.

މިއީ މިފަދަ ގޮތަކަށް މަގުތައް ބަންދުކުރާ ގަޑިތަކާއި ބަންދުކުރާ މަގުތައް އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަގުތައް ބަންދުކުރާ ގަޑިތަކާއި ބަންދުކުރާ މަގުތައް އާއްމުކުރަންފެށީ އެ ސަރަހައްދުތަކުގެ ޓްރެފިކަށް އަންނަ ބަދަލުތައް ދެނެގަނެ އާއްމު ރައްޔިތުންގެ ފަސޭހަ ވެގެންދާނެތީކަމަށެވެ.

ބަންދުކޮށްފައިވާ ސަރަހައްދެއްގައި ޓުރެފިކް ބާރު ބޮޑުވެއްޖެނަމަ އެ ސަރަހައްދެއްގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވާނެ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީއިން ބަންދުކުރާ މަގުތަކުގެ މައުލޫމާތު ލިބުމާއެކު، ފުލުހުންގެ ވެބް ސައިޓްގައި އެމަޢުލޫމާތު އާއްމު ކުރާނެ ކަމަށެވެ.

މިއަދާއި މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ބަންދުކުރާ މަގުތަކާއި އެ މަގުތައް ބަންދުކުރާނެ ގަޑިތައް ފުލުހުންވަނީ ހާމަކޮށްފައެވެ.

 

ހުކުރު ދުވަހު ބަންދުކުރާ މަގުތަކާއި ގަޑިތައް:

މައްޗަންގޯޅި: ކޯރުކެނޑިމަގާއި ގުލާބީ މަގު، 22:00 ން ފެށިގެން ފަތިހު 04:00 އަށް

މައްޗަންގޯޅި: ރައްދެބައި ހިނގުން، 22:00 ން ފެށިގެން ފަތިހު 04:00 އަށް

މާފަންނު: ޗަނބޭލީ މަގު، 22:00 ން ފެށިގެން ފަތިހު 04:00 އަށް

މާފަންނު: އޯކިޑް މަގު، 22:00 ން ފެށިގެން ފަތިހު 04:00 އަށް

 

ހޮނިހިރު ދުވަހު ބަންދުކުރާ މަގުތަކާއި ގަޑިތައް:

ހެންވޭރު: ކަށިމާ ހިނގުން، 22:00 ން ފެށިގެން ފަތިހު 04:00 އަށް

ހެންވޭރު: ސިއްކަ ގޯޅި، 22:00 ން ފެށިގެން ފަތިހު 04:00 އަށް

ގަލޮޅު: ބުރުޒުމަގު، 22:00 ން 23:00 އަށް

މައްޗަންގޯޅި: ވައިދެރި ހިނގުން، 22:00 ން ފެށިގެން ފަތިހު 04:00 އަށް

މައްޗަންގޯޅި: ސައްޔިދު ކިލެގެފާނު މަގު، 22:00 ން ފެށިގެން ފަތިހު 04:00 އަށް

މާފަންނު: މުއިވެޔޮ މަގު، 22:00 ން ފެށިގެން ފަތިހު 04:00 އަށް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.