ގައުމު ބިނާކުރަން ސިޔާސީ ދާއިރާއަށް ވަންނާކަށް ނުޖެހޭ: އާމިރް ޚާން

އާމިރް ޚާން އާއި މަހަރާސްތްރާ ގެ ޗީފް މިނިސްޓަރ ދެވެންރަ ފަދްނާވިސް

ސުޕަރސްޓަރ އާމިރް ޚާން އަކީ ފިލްމު ކުޅުމާއި ފިލްމު އުފެއްދުމުގެ އިތުރުން އިޖްތިމާއީ ގިނަގުނަ މަސައްކަތްތަކެއް ކުރާ ފަންނާނެކެވެ. އޭނާ ކުރާ އިޖްތިމާއީ ޚިދްމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން  ޕާލަމެންޓުގެ މަތިގެއިން ހުށަހެޅުމެއް ލިބިއްޖެނަމަ ގަބޫލުކުރާނަންތޯ މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އާމިރް ޚާން ބުނީ މިހާރުވެސް ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމަސައްކަތް ކުރާން ކޮންމެހެން ސިޔާސީ ދާއިރާއަށް ވަނުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އާމިރް ބުނީ އޭނާ ފަދަ ފަންނުވެރި ދާއިރަ ތަކުގައި މަސައްކަތް ކުރާ މީހުންގެ ކޮނޑުގައި ގައުމު ބިނާކުރުމާއި އިޖްތިމާއީ ފޭރާން ވަރުގަދަ ކުރުމުގެ ބޮޑު ޒިއްމާ އެއް އެޅިފައިވާ ކަމަށެވެ. އާމިރް މިހެން ބުނެފައިވަނީ އޭނާގެ 'ޕާނީ ފައުންޑޭޝަން ގެ ފަރާތުން އިންތިޒާމް ކުރާ 'ވޯޓަރ ކަޕް އެވޯޑް' ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

ޕޫނޭގެ މަހަރާސްތްރާގައި އިނާމް ދިނުމަސް ބޭއްވި ހަފްލާފައި ސިޔާސީ އެކި ފިކުރުގެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. ޕާނީ ފައުންޑޭޝަން އަކީ އާމިރް ޚާން ގެ ޓީވީ ސިލްސިލާ 'ސަތްޔަމޭވް ޖަޔަތޭ' ގެ ފަރާތުން މަހަރާސްތްރާގައި ގާއިމުކޮށްފައިވަ ނޮން-ޕްރޮފިޓް ކުންފުންޏެކެވެ. މި ފައުންޑޭޝަންގެ މަސްއޫލުވެރިންނަކީ އާމިރް އާއި އޭނާގެ އަންހެނުން ކިރަން ރާއޯ އެވެ.

ޕާނީ ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރަކުވެސް ވިލެޖުތަކުގައި ފެން މެނޭޖް ކުރުމުގެ މަސައްކްތަ ކުރާ މީހުންގެ މެދުގައި މުބާރާތެއް ބާއްވައެވެ. އަދި އެންމެ ރަނގަޅަށް މެނޭޖްކުރާ މީހުންނަށް އިނާމް ދެއެވެ. އާމިރް ބުނީ އޭނަގެ ފައުންޑޭޗަންެ ވިސްނުމަކީ އެ މަސައްކަތް ފުޅާކޮށް ވީހާވެސް ގިނަބަޔަކަށް ޚިދްމަތް ފޯރުކޮށްދިނުމެވެ.

ވޯޓަރ ކަޕް މުބާރާތުން އެއްވަނައަށް ދިޔަ ވިލެޖަށް 75 ލައްކަ އިންޑިއަން ރުޕީސް އާއި ތަށި ހަވާލުކޮށްފައިވެއެވެ. ދެވަނައަށް ދިޔަ ވިލެޖަށް 50 ލައްކަ ރުފިޔާ އާއި ޓްރޮފީ އަދި ތިންވަނައަށް ދިޔަ 2 ވިލެޖުން ކޮންމެ ވިލެޖަކަށް 10 ލައްކަ ރުޕީސް އާއި ޓްރޮފީ ދީފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.