އިދިކޮޅު ފަރާތްތަކުން ލޯނުނުނަގައި ތަރައްގީގެ މަޝްރޫއު ހިންގޭނީ އެމަނިކުފާނާއި، އެމަނިކުފާނުގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ހޯއްދަވައިފައިވާ ދައުލަތުގެ ހަރުމުދާ ވިއްކައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގއ.ކޮލަމާފުށްޓަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގެވުމުގައި އެމަނިކުފާނު ލޯނު ނަންގަވާތީ އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުކިޔަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅުން ވެރިކަމަށް ވަޑައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަވާނީ ކިހިނެއްތޯ ރައީސް ވަނީ ސުވާލު ކުރައްވައިފައިފައެވެ. ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއު ހިންގާނެ ވަރަށް ދައުލަތުގައި ފައީސާ ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. "އެހެންވީމާ އެބޭފުޅުން އެވިދާޅުވާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯއްދަވާނެ ގޮތް އެބޭފުޅުން ވިދާޅުވެ ދެއްވަންވާނެ،" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެންދަވަނީ އެމަނިކުފާނު ތަރައްގީގައި އެމަނިކުފާނު ގެންގުޅުއްވާ ފަލްސަފާ ވެސް ކޮޕީ ކުރައްވަމުން ކަމަށެވެ. އެބޭފުޅުންނަކީ ކޮންކްރީޓް ތަރައްގީ އަކީ ތަރައްގީއެއް ނޫން ކަމަށް ވިދާޅުވާ ބޭފުޅުން ކަމަށެވެ. އެހެން ވިދާޅުވަމުން ވެސް އެމަނިކުފާނުގެ ފަލްސަފާ އެމީހުން ކޮޕީ ކުރައްވަމުން ގެންދަވާ ކަމަށެވެ.
harumudhaa vihkaigenves alhugandumenge sarukaarakah
nukurevunu ehenve loanves negee