ލާރި ހޯދިތަނެއް ރައްޔިތުން ނުބަލާނެ، ބަލާނީ ދަރަނި އަދާކުރުމުގެ ހަކަތަ ހުރިތޯ: ރައީސް

ރައްޔިތުންނަށް ތަރައްގީއަށްޓަކައި ސަރުކާރުން ކޮށްދޭ ކަންކަމަށް ފައިސާ ހޯދީ ކޮންތާކުންތޯ ރައްޔިތުން ނުބަލާނެ ކަމަށާއި ބަލާނީ ދަރަނިބޮޑުވެ ދަރަނި އަދާކުރުމުގެ ހަކަތަ ސަރުކާރުގައިހުރިތޯ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ތިލަދުންމތީގެ ބައެއް ރަށްރަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ނޮޅިވަރަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ލޯނުދޭ ފަރާތްތަކުން ސަރުކާރަށް ލޯނުދެނީ އެވަރު ސަރުކާރުގައިހުރިތޯ ބެލުމަށްފަހު ކަމަށެވެ. މިސަރުކާރުގައި ދަރަނި އަދާކުރުމުގެ ހަކަތަ އެބަހުރި ކަމަށެވެ. އެހެންވީމާ ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން ސަރުކާރުން ލޯނުނެގުމަކީ މައްސަލައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތަރައްގީގެ ވާހަކަ ނުދެއްކުމަށެވެ. އެކަން ރައީސް ޔާމީނަށް ދޫކޮށްލެވުމަށާއި އިދިކޮޅުން ދައްކަންވީ ވާހަކައަކީ ރާއްޖެ އިސްލާހުކުރުމުގެ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.