އީޔޫއިން ހޯމަ ދުވަހު ރާއްޖެއަށް ފިޔަވަޅު އަޅަނީ

އީޔޫއިން ދިވެހި ސަރުކާރުގެ މައްޗަށް ކުރަން މަތިކޮށްފައިވާ ކަންކަން ކޮށްފައިވާ ނުވާތީ ސަރުކާރުގެ ބަޔެއް އިސްވެރިންނާމެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން އަންނަ ހޯމަ ދުވަހު އޮންނަ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ.

ވިލާތުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ހިމެނޭ އީޔޫއިން ސަރުކާރުގެ ބަޔެއް އިސްފަރާތްތަކާމެދު މިމަހު ފަހުކޮޅު ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދީފައިވާ ކަމަށް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންވެސް ވަނީ ވިދާޅުވެފައެވެ. އީޔޫއިން ފިޔަވަޅު އަޅާ ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުވެސް ހިމެނިވަޑައިގެންފާނެ ކަމަށް ވިދާޅުވިއެވެ.

އީޔޫއިން ބުނީ އަންނަ ހޯމަ ދުވަހު އޮންނަ ބައްދަލުވުމުގައި ނިންމާނީ ފިޔަވަޅު އެޅުމާއި އެކަމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމެވެ. އީޔޫއިން ބުނީ އެ އިއްތިހާދުން ފިޔަވަޅު އަޅާނީ އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ، އަދި ގާނޫނީ ހުކޫމަތު ނެގެހެއްޓުމަށް ހުރަސް އަޅުއްވާފައިވާ ވަކިވަކި ފަރުދުންނާއި ބަޔެއް މުއައްސަސާތަކާ ދެކޮޅަށް ކަމަށެވެ.

އީޔޫއިން ސަރުކާރުގެ ބަޔެއް އިސްވެރިންނާމެދު ފިޔަވަޅު އެޅިނަމަވެސް ރައީސް ޔާމީން ވިދާޅުވީ އީޔޫއިން ސަރުކާރަށް މަތިކޮށްފައިވާ ބަޔެއް ކަންކަމަކީ ދޫދެވެން ނެތް ކަންކަން ކަމަށާއި ނަމަވެސް އީޔޫގެ ފިޔަވަޅު ތަކުން ސަލާމަތްވުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.