ފައިސަލް އައްޑޫއަށް ވަޑައިގެންފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ނުކުންނަ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ރޭ ޖުމްހޫރީ ޕާޓީން އިންތިޚާބުކުރި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު މިއަދު އައްޑުއަށް ވަޑައިގެންފިއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) ވެސް އައްޑޫގައި ހުންނަވަނިކޮށް ފައިސަލް އައްޑޫއަށް ވަޑައިގަތުމުން އިބޫ ވަނީ ފައިސަލަށް މަރުހަބާ ދައްނަވާފައެވެ. އަދި ފައިސަލްވެސް ވަނީ އައްޑޫގައި ކުރިޔަށްދާ ކެމްޕޭނުގައި އިބޫއާއެކު ބައިވެރިވެވަޑައިގެންފައެވެ.

ފުއައްމުލަކަށް އުފަން ފައިސަލަށް އިދިކޮޅު ކެންޑިޑޭޓުގެ ރަނިންމޭޓުކަން ރޭ ލިބުނު ފަހުން މިއީ ފައިސަލް މާލެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުގައި ފައިސަލްގެ އުފަން ރަށަށްވެސް ކެމްޕޭނު ޓީމާއެކު ވަޑައިގަންނަވާނެއެވެ.

އިބޫގެ ރަނިންމޭޓަކަށް ފައިސަލް ރޭ އިންތިޚާބުވީ ޖޭޕީގެ ކައުންސިލްގެ 15 ވޯޓުންނެވެ. ސިއްރު ވޯޓެއްގެ ގޮތުގައި ކުރިޔަށްދިޔަ މި އިންތިޚާބުގައި ފައިސަލްއާ އެންމެ ކައިރިން ވާދަކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިންއަށް 14 ވޯޓު ލިބުނެވެ. ދެން ވާދަކުރެއްވީ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އާއި ޖޭޕީގެ ނައިބު ލީޑަރު ޑރ ޙުސައިން ރަޝީދެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.