އީޔޫ އިން ފިޔަވަޅު އެޅުމުން ނިކަމެތިވާނީ ދިވެހި ރައްޔިތުން ކަމަށާއި، ދޫ ނުދީފިނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާޏު މިހެން ވިދާލުވެފައިވަނި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ މ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި ދިއްގަރު ރައްޔިތުުންނާ ވާހަކަ ދައްކަވަމުން މި މަހު ރާއްޖެ އާމެދު އީޔޫ އިން ފިޔަވަޅު އަޅައިފާނެ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވުމަ ގުޅިގެންނެވެ. ރައިސް ނަޝީދުގެ ޓުވީޓުގައި ސިފައިނާއި، ފުލުުހުންނާއި، ފަނޑިޔާރުން، އަފި ވިޔަފާރިވެރިންނާ މުޚާޠަބުކޮށް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރައްވައި ރައީސް ޔާމީން އާ އެކު ތިއްބަވައިފިނަމަ އެބޭފުޅުންނާއި ރާއްޖެވެސް ފަގީރުވާނެ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ޓްވީޓު:
EU fiyavalhu elhumun nikamethivaanee Dhivehi rayyathun. EU ah dhoonudheefi nama Raajje baguroot vaane.RY ge khudhumuhuthaaru verikan dhamahattan masakkaiykuravva sifain/fuluhun/fandiyaarun/viyafaariverinah dhannavan,RY aieku thihbavaifinama thiyabeyfulhunai Raajjeves fageeruvaane
— Mohamed Nasheed (@MohamedNasheed) July 10, 2018