ބްރެޒިލުގެ ކުރީގެ ރައީސް ލޫލާ ހައްޔަރުކޮށްފި

media-PnZywfO8bhyOeMS_lg

ކޮރަޕްޝަންގެ ތުހުމަތުގައި ބްރެޒިލުގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ހައްޔަރުކޮށްފިއެވެ.

ލޫލާ ހައްޔަރުކޮށްފައިވަނީ ރައީސް ކަމުގެ ދުވަސްވަރު އެގައުމުގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ފައިސާއަށާއި އެ ކުންފުނި މެދުވެރިކޮށް މަނީލޯންޑަރިން ހިންގާ އެ ކުންފުނީގެ ފައިސާއިން ރިޝްވަތު ދީފައިވާ ކަމުގެ ތުހުމަތުގައެވެ.

މި މައްސަލައާއި ގުޅިގެން 2003 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމަޔަށް ބްރެޒިލްގެ ވެރިކަމުގައި ހުރި ލޫލާއާއި މިހާރު ދިރިއުޅެމުންދާ ގެ ބަލައި ފާސްކޮށް ބްރެޒިލްގެ އެފްބީއައި އިން ވަނީ އިތުރު ސުވާލު ކުރުމަށްޓަކައި އޭނާ ހައްޔަރުކޮށްފައެވެ.

މިއަދު ލޫލާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުންވަނީ ސައޯ ޕޮލޯގައި ހުންނަ އޭނާގެ ގެކޮޅަށް ވަދެ ބައެއް ތަކެތި ގެންގޮސްފައެވެ.

އެހެން ނަމަވެސް ލޫލާވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ލޫލާ ހައްޔަރުކޮށްފައި މި ވަނީ އޭނާގެ ވެރިކަން ނިމުމަކަށް އައި ހިސާބުންފެށިގެން އޭނާގެ ސަރުކާރުގެ އިސް މަޤާމުގައި ތިބި ބައެއް ފަރާތްތައް ހައްޔަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި އޭރުގެ ސަރުކާރުގެ އިސް ބޭފުޅުން އުޅެމުންދާ ގެތައް ބަލައި ފާސްކުރުމުގެ އިތުރުން ބައެއް ފަރާތްތައް ހައްޔަރު ކުރުމަށްޓަކައި މިހާރު ވަނީ ގިނަ އަދަދެއްގެ ކޯޓް އަމުރުވެސް ހޯދާފައެވެ.

ލޫލާ ހައްޔަރު ކުރުމާއި ގުޅިގެން އޭނާއަށް ތާއީދު ކުރާ ފަރާތްތަކުން ހިތް ހަމަނުޖެހުން ފާޅުކޮށް އަޑު އުފުލަމުންދާއިރު އެފަރާތްތަކުން ބުނަނީ އޭނާ އާއި މެދު ބްރެޒިލްގެ މިހާރުގެ ސަރުކާރުން ކަންތައް ކުރަމުންދަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ޤާނޫނާއި ހިލާފަށް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.