މިލަންދޫ ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާހު ކޮށްދެއްވައިފި

ށ. މިލަންދޫގައި ސަރުކާރުން ގާއިމްކޮށްދެއްވައިފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެޚިދުމަތް ރައީސް އިފްތިތާހު ކޮށްދެއްވީ މިއަދު އެރަށަށް ވަޑައިގެން އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރާއި، ތިމާވެއްޓާބެހޭ މިނިސްޓަރާއި، މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރާއި، ބައެއް ކުންފުނުތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ހިމެނިގެން މިލަންދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ބިލެތްފައްސަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، އެމަނިކުފާނު ވަނީ ށ.ކަނޑިތީމު ބަނދަރު ހުޅުއްވައިދެއްވައި، އެ އަތޮޅު ފޮނަދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތުގެ ނިންމުން ފާހަގަކޮށްދެއްވައި، ރަންވޭ އެޅުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.