
ރެމޯ ޑި ސޫޒާގެ 'ރޭސް 3' ރިލީިޒް ކުރިތާ ހަތަރު ދުވަސް ވީއިރު އެފިލްމު ދަނީ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރަމުންނެވެ. ސާޅްމާން ޚާން އާއި އަނިލް ކަޕޫރް އާއި ބޮބީ ޑެއޯލް އާއި ސާގިބު ސަލީމް އާއި ޖެކްލިން ފެނާންޑެސް އަދި ޑެއިޒީ ޝާހު މުހިއމު ރޯލުތަކެއް ކުޅެފައިވާ މި ފިލްމަށް މިހާރު ވަނީ 100 ކުރޯޑް ލިބިފައެވެ.
އިންޑިއާގައި ފިލްމަށް ބޮޑު ތާއީދެއް ލިބެމުން ދާއިރު ބްރިޓިޝް ސެންސަރު ބޯޑުން ފިލްމަށް ދީފައިވަނީ ‘12A’ ސަރޓިފިކޭޝަން އެކެވެ. މާނައަކީ 12 އަހަރުން ދަށުގެ ކުދީންނަށް ފިލްމު ދައްކަންވާނީ ބޮޑު މީހެއްގެ ހާޒިރުގައެވެ. 2 ގަޑި އިރާއި 90 މިނިޓް ގެ މި ފިލްމުން 1 މިނިޓާއި 20 ސިކުންތު އެޑިޓު ކުރަންވެސް ވަނީ އަންގާފައެވެ. އެއީ ފިލްމުގައި ވަރަށް އަނިޔާވެރި މަންޒަރުތައް ހިމެނޭތީއެވެ.
އެހެންނަމަވެސް ފިލްމު އުފެއްދި ފަރާތުން ދެކޭ ގޮތުގައި އެ އުމުރުގެ ކުދީންނަށް ފިލްމު ދެއްކުމަކީ މައްސަލައެއް ނޫނެވެ.