ފީފާ ވޯލްޑް ކަޕް އެންތެމްގެ ޕާކިސްތާން ވަރޝަން އުފައްދައިފި

ޤުއްރަތުލްޢައިން ބަލޯޗް އާއި ޖޭސްން ޑެރޫލޯ

ކޯކް ސްޓޫޑީއޯ އިން އެތައް ބައެއްގެ ލޯބި ހޯދާފައިވާ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ޤުއްރަތުލްޢައިން ބަލޯޗް އާއި ޕްލެޓިނަމް ފަންނާނު ޖޭސަން ޑެރޫލޯ ގުޅިގެން ފީފާ ވޯލްޑްކަޕް ލަވަަ ކްރިއޭޓް ކޮށްފިއެވެ. މި ދެފަންނާން ގުޅިގެން އުފައްދާފައިވަނީ ކޮކާ ކޯލާ ވޯލްޑް ކަޕް އެންތެމް، 'ކަލަރސް' ގެެ ޕާކިސްތާނު ވަރޝަން އެވެ.  

'ކަލަރސް' ގެ  ޕާކިސްތާން ވާރޝަން:

މިއީ ދުނިޔޭގެ މަޝްހޫރު ފަންނާނެއް ކަމުގައިވާ ޖޭސަން ޑެރޫލޯ އާ އެކު ޕާކިސްތާނުގެ ލަވަކިޔުންތެރިޔަކު ލަވަކީ ފުރަތަމަ ފަހަރެވެ. ލަވައިގައި ޖޭސަން ޑެރޫލޯ 'ކަލަރސް' ގެ މިއުޒިކަށް ފައިހަމަ ކުރަމުންދާ އިރު ކަރާޗީގެ މަގުމަތީގައި ކުޑަކުދީން އުފާ ފާލުކުރާ މަންޒަރު ފެނެއެވެ. ޤުރަތުލްޢައިން ކިޔާފައިވަނީ ލަވައިގެ އުރްދޫ ލިރިކްސް އެވެ. ލިރިކްސް ރަމްޒުކޮށްދެނީ އެކުވެރިކަމާއި އެއްބައިވަންތަ ކަމެވެ. އަދި ސަގާފީ ސިންދަފާތެވެ.

ލަވައިގެ ވީޑިއޯ ނަގާފައިވަނީ މަޔާމީ އާއި ހޭޓީ އަދި ކަރާޗީ ގައެވެ. ލަވައިގައި އެކި ގައުމުތަކުގެ ދިދައާއި މީހުން ހިމަަނާފައިވެއެވެ. ހަމަހަމަކަން ރަމްޒުކޮށްދިނުމާ އެކު ޕާޚިސްތާނުގެ 'ކުލަތައް' ވެސް ވޯލްޑްކަޕްގައި ފެންނާނެއެވެ. ލަވައަށް ކޮމެންޓުކޮށްފަިއވާ ޕާކިސްތާނުގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި ޕާކިސްތާނަށް ވެސް ފުޓުބޯޅަ އައިސްފިއެވެ.

ޤުއްރަތުލްޢައިން އަކީ ޕާކިސްތާނުގެ އެތައް ބަޔެއްގެ ލޯބި ލިބިފައިވާ މޮޅު ލަވަކިޔުނެތެރިއެކެވެ. ފުޓުބޯޅަ އާއި އެކު އޭނާގެ ދަތުރު ފެށުނީ މިއަހަރުގެ ކުރީކޮޅެއެވެ. އެއީ  ކޮކާ ކޯލާ ޓްރޮޕީ ޓުއަރ ގައި އޭނާ ފީފާ ވޯލްޑް ކަޕްގެ ތަށި ލާހޫރަށް ގެންދިޔަ ހިސާބުންނެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.