ސައި ބުއިމަކީ ދިވެހީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސައިން ސިއްހީ ފައިދާތަކެއް ލިބިދޭ އިރު ހަންގަނޑަށާއި އިސްތަށިގަނޑަށް ވެސް ސައިފަތް ނުވަތަ ސައިފަތް ޕެކެޓު ބޭނުންކުރެވިދާނެއެވެ. ސައިފަތުގައި ހިމެނޭ އެންޓި އޮކްސިޑަންޓް، އެންޓި އޭޖިން މާއްދާތަކުން ހަންގަނޑަށް ތާޒާކަން ގެނެސްދެއެވެ. ގްރީން ޓީ އާއި ބްލެކް ޓީ ގައި ކެފޭން ހިމެނެއެވެ. މިއީ އޮށާޅަ އާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާ އަކެވެ. އަދި މީހާގެ ޒުވާންކަން ދަމަހައްޓައި ދިނުމަށް އެހީތެރިވެއެވެ. ސަޔަކީ ޓޯނަރ އަކަށްވެސް ފުދޭ އެއްޗެކެވެ. އެހެންކަމުން ސަިފަތަކީ ރީތިވުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ކޮންމެހެންވެސް ހިމަނަން ޖެހޭ ބާވަތެކެވެ.
ސައިން އިސްތަށިގަނޑާއި ހަމަށް ލިއްބައިދޭ ފައިދާ:
ލޯ ދުޅަވުމާއި ލޮލުގެ ކައިރި ކަޅުވުމުން ދުރުކޮށްދޭ
ސައިގައި ހިމެނޭ ކެފޭން އިން ހަމުގެ އެތެރޭގައި ހުންނަ ނާރުތައް ދުޅަވިޔަނުދީ ހިފަހައްޓައިދެއެވެ. އަދި ލޮލުގެ ކައިރި ކަޅުވުން އެއްކޮށް ހުއްޓުވައެވެ. އަދި ސައިގައި ހިމެނޭ ޓަނިން މާއްދާ އަކީ ލޯކައިރި ދުޅަވިޔަ ނުދީ ހިފަހައްޓައިދޭ މާއްދާ އެކެވެ. ލޮލަށޤ ފަރުވާ ދިނުމަށް ކުރަންޖެހޭ ކަމަކީ 2 ސައިފަތް ޕެކެޓް ފޯކުުރުމަށްފަހު ފަސް މިނިޓް ނުވަތަ ދިހަ މިނތް ވަންދެން ލޯ މަތީގައި ބާއްވާލުމެވެ. މި ފަރުވާ ގައިވައިދުން ތަކުރާރު ކުރުމުން ލޯ ކައިރީގައި އުފެދޭ ޑާކް ސާކްލް ފިލާނެއެވެ.
ގަދަ އަވީގެ ސަބަބުން ހަންގަނޑުގައި އުފެދޭ ލަކުނާއި ހަންގަނޑު ކަޅުވުން ހުއްޓުވައިދޭ
އިރުގެ ސަބަބުން ހަންގަނޑު އަނދައިގެން ދިއުންފަދަ ހަންގަނޑަށް ލިބޭ ގެއްލުމުން ސަލާމަތް ވުމަށްވެސް ސައިފަތް ޕެކެޓު ބޭނުން ކުރެިވިދާނެއެވެ. ސައިފަތުގައި ހިމެނޭ ޓެނިކް އެސިޑުން އަވީގެ ސަބަބުން ހަންގަނޑު ގައި އުފެދޭ ލަކުނު ފިލުވައިދެއެވެ. ލަކުނު ފިލުވުމަާއި ހަންގނަޑު މާބޮޑަށް އަނދާފައިވާ ނަމަ ސައިފަތް ފެނު ކައްކާށެވެ. އަދި ހިހޫ ވުމުން އެފެނުން ތުވާއްޔެއް ތެންމައި އަވީގެ އަސަރުކޮށްފައިވާ ތަނެއްގައި 30 މިނިޓް ވަންދެން ބާއްވާށެވެ. ތުވާލީގެ ބަދަލުގައި ސައިފަތް ޕެކެޓްވެސް އަނދާފައިވާ ތަނުގެ މަތީގައި ބޭއްވިދާނެއެވެ.
ޓޯނާ އެއް ގޮތަށް ބޭނުންކުރެވިދާނެ
ގޭގައި ބޭނުންކުރާނެ ވަކި ޚާއްޞަ ޓޯނަރެއް ނެތް ނަމަ ސައިފަތަކީ އެކަމަށް ވެސް އޮތް ހައްލެވެ. ސައިފަތް ޕެކެޓެއް ފޯކުރުމަށް ފަހު މޫނުގައި އުނގުޅާލާށެވެ. ފެނުން ނުދޮވެ ތުވާއްޔަކުން މޫނު ފޮހެލާށެވެ. މޫނުގައި ހުރި ތެޔޮ ފިލައި މޫނު ސާފުވާނެއެވެ.
މޫނު އުނގުޅުމަށް ބޭނުންކުރެވިދާނެ
ބޭނުންކޮށްފައި ހުންނަ ސައިފަތް ޕެކެޓު އުކާލުމުގެ ބަދަލުގައި މޫނު އުނގުޅުމަށް ސްކަރަބެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. ސައި ހަދަން ބޭނުން ކުރާ ސައިފަތް ޕެކެޓް ހިއްކާށެވެ. އަދި ޕެކެޓުގެ ތެރޭގައި ހުންނަ ސައިފަތުން މޫނު އުނގުޅައި މޫނު ދޮންނާށެވެ. މޫނު ދޮވެފައި މޫނު ރަނގަޅަށް މޮއިސްޗަރައިޒް ކުރަންވާނެއެވެ. ސައިފަތުން މޫނު އުނގުޅުމުން މޫނު ވަރަށް ރީތިކޮށް ސާފުވެ ހަންގަނޑު މަޑުވާނެއެވެ. ސައިފަތް ކެއްކުމަށް ފަހު މޫނުގައި އުނގުޅުމުން އޮށާޅަ ނަގާ ތެޔޮ ހަމަށް ވަރަށް ރަނގަޅުވާނެއެވެ. މޫނުގައި ބިހި ނެގުމަށް މެދުވެރިވާ ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތް ކޮށް ހަންގަނޑުގެ ޕީއެޗް ލެވެލް އެއްވަރެއްގައ ހިފަހައްޓައިދޭނެއެވެ.
ހަމުގެ އޮމާންކަން ދަމަހައްޓައިދޭ
މޫނުގެ ހަނގަނޑު ކުރަކިވުން ހުއްޓުވުމަށްވެސް ސައިފަތް އެހީތެރިވެދެއެވެ. ހަންގަޑު މާބޮޑަށް ހިކި، ހަން ފޮޅޭނަމަ ނުަވތަ ރޭޝް ނަގާނަމަ ގަވައިދުން މޫނުގައި ސައިފަތް ޕެކެޓް އުނގުޅާށެވެ.
މޫނު ސާފުކޮށްދޭ
ސައިފަތް ފެނު ކެއްކުމަށް ފަހު ފުރާނައިގެން ފަތް ނަގައި ކަރަންޓު މިކްސަރަކުން ޕޭސްޓް ތައްޔާރުކުރާށެވެ. ޕޭސްޓު ހިހޫވުމުން މާސްކެއް ގޮތަށް މޫނުގައި އުނގުޅާށެވެ. މޫނަށް ތާޒާކަން ގެނެސްދޭނެއެވެ.
ތުންފަތުން ހަންފޮޅުމަށް ފަރުވާ އެއް
ތުންފަތުން ހަން ފޮޅުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ތުންފަތުގެ ހަންފޮޅޭނަމަ ގްރީން ޓީ ބޭގެއް ހޫނުފެނުން ފޯކުރުމަށް ފަހު ތުންފަތުގައި އުނގުޅާށެވެ. ތުންފަތުން ދިިލަ ނެގުން ހުއްޓުވައި ތުންފަތް ޑީހަިއޑްރޭޓް ކޮށްދޭނެއެވެ.
އިސްތަށިގަނޑު ދޮންނަން ވެސް ބޭނުންކުރެވިދާނެ
ކަޅުސަޔަކީ ބޮލުގެ އިސްތަށިގަނޑު ސާފުކުރުމަށް ބޭނުންކުރެވިދާނެ ބާވަތެކެެވެ. ސައިފަތް ފެނުކެއްކުމަށް ފަހު އެފެން ފުޅިއަކަށް އަޅައި ބޮލަށް ސްޕްރޭ ކުރާށެވެ. ބޮލުގެ ތަލަ ސާފުކޮށްދީ އިސްތަށިގަނޑަށް ދިރުން ގެނެސްދޭނެއެވެ. ބޮލުގައި ކުލަ ޖައްސަން ވެސް ސައިފަތް ބޭނުންކުރެވިދާނެއެވެ. ބޯ ކަޅު ކުރާން ބޭނުންނަމަ ހީނާ ފަތުގެ ތެރެއަށް ސައިފަތް އަޅާށެވެ. ނަމަވެސް މިއީ ވަގުތީ ހެއަރ ޑައި އެކެވެ.
މިއީ ރީތިވުމަށް ސަައިފަތް ބޭނުން ކުރަންވީ ބައެއް ސަބަބުތަކެވެ. ސައިފަތުން މޫނަށާއި އިނސްތަށިގަނޑަށް ގޭގައި އަމިއްލައަށް ފަރުވާ ދެވޭނެއެވެ.
މިއީ އެންޑީޓީވީ ޑޮޓް ކޮމް ގައި ލިޔެފައިވާ ލިއުމެއްގެ ތަރުޖަމާ އެވެ.