އާއިލާއިން އަދީބުއާ ބައްދަލު ކޮށްފި

ދިގު މުއްދަތަކަށް ޖަލަށް ޙުކުމް ކޮށްފައި ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުއާ ބައްދަލު ކުރުމުގެ ފުރުޞަތު އާއިލާއަށް ދީފިއެވެ.

އަދީބުއާ ބައްދަލު ކުރަން ކަރެކްޝަނުން ފުރުޞަތު ނުދޭކަމަށް އާއިލާއިން ބުނެފައި ވަނިކޮށް އާއިލާއަށް މި ފުރުޞަތު މިއަދު ދިނުމުން އާއިލާގެ ބަޔެއް މެމްބަރުން ވަނީ ޖަލަށް ގޮސް އަދީބުގެ ޙާލު ބަލާފައެވެ. އާއިލާއިން ބުނަމުން އަންނަނީ އަދީބުގެ ސިއްޙީ ޙާލަތު ގޯސް ކަމަށާއި އެހެންވެ އަދީބަށް އެކަށީގެންވާ ސިއްޙީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށެވެ.

ސަރުކާރުން ބުނެފައި ވަނީ އަދީބަށް އެކަށީގެންވާ ސިއްޙީ ފަރުވާ ފޯރުކޮށް ދެމުންދާ ކަމަށާއި އާއިލާއިން ބޭނުންނަމަ މިހާރަށްވުރެ ރަނގަޅު ސިއްޙީ ފަރުވާ ޖަލުގައި ބަހައްޓައިގެން ހޯދުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރަށް އަދީބު ފޮނުވުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. ސަބަބެއް ކަމަށް ސަރުކާރުން ބުނަމުން ދަނީ ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ އަދީބު ފިއްލަވާފާނެ ކަމަށްޓަކައެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި ކަމުގެ ތުހުމަތުގެ އިތުރުން ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވެވަޑައިގެންނެވި ކަމުގެ ކުށުގައި އަދީބުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް އުފުލި ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.