މޫމިނާ މުސްތަހްސިން ފޯބްސް ގެ '30 އަންޑަރ 30 އޭޝިއާ' ލިސްޓަށް

'30 އަންޑަރ 30 އޭޝިއާ' އަކީ ފޯބްސް އިން 2016ވަނަ އަހަރު ތައާރަފް ކުރި ލިސްޓެކެވެ. މި ލިސްޓުގެ މަގްސަދަކީ ޒުވާން ލީޑަރުންނާއި ވިޔަފާރިވެރިންނާއި އިންގިލާބީ ބަދަލު ގެންނަ މީހުން ފާހަގަ ކުރުމުގެ ގޮތުން ތައާރަފް ކުރެވުނު ލިސްޓެކެވެ.

މި ހަފްތާގެ ކުރީކޮޅު މިވަނީ ފޯބްސް ގެ 30 އަންޑަރ 30 އޭޝިއާގެ މިއަހަރުގެ ލިސްޓް ނެރެފައެވެ. މި ލިސްޓުގައި ޕާކިސްތާނުގެ 9 ހުނަރުވެރިޔަކު ވަނީ ހިމެނިފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ޕާކިސްތާން ޓީވީ ޝޯ އެއް ކަމަށްވާ ކޯކް ސްޓޫޑިއޯ އިން ވިދާލި މޫމިނާ މުސްތަހްސިން އެވެ. މޫމިނާ އަކީ މިއުޒީޝަނެއްގެ އިތުރުން އިޖްތިމާއީ އެކްޓިވިސްޓެކެވެ.

މޫމިނާ ކޯކް ސްޓޫޑިއޯގައި ފުރަތަމަ ކިޔާފައިވަނީ 'އާފްރީން އާފްރީން' އެވެ. މި ލަވަ ވެގެންދިޔައީ އެންމެ ގިނަ މީހުން ޔޫޓިއުބުން ބަލާފައިވާ ޕާކިސްތާނުގެ ވީޑިއޯ އަށެވެ. މޫމިނާ އަކީ ގަނާކުރުމާއި ޑިޕްރެޝަންގެ  މައްސަލަތަކާ މެދު  މީސްމީޑިއާގައި ވަކާލަތު ކުރާ ފަންނާެކެވެ.

އުމުރުން 25 އަހަރުގައި ވެސް އަންހެނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުންވެސް މޫމިނާ އަޑުއުފުލައެވެ. ޕާކިސްތާނުގައި ފެމިނިޒަމް އޮތް ގޮތާމެދު ވީޑިއޯ ނެޓްވޯކަކާ ގުޅިގެން ހިންގި ކެމްޕޭން ހަރަކާތެއްގައި އޭނާވަނީ ދާދި ފަހުން އޭނާ ވަނީ ވާހަކަ ދައްކާފައެވެ. އޭނާ ބުނެފއަިވާ ގޮތުގައި ޕާކިސްތާނުގައި އަންހެނުންނަށް ޚާއްޞަ މަގާމެއް ދީފައިވެއެވެ. ނިސްބަތުން އެމެރިކާއަށް ވުރެ ގިނަ އަންހެނުންނަށް ޕާކިސްތާނުގެ ސަރުކާރުގައި މަސައްކަތް ކުރަން ފުރުސަތު ލިބޭ ކަމަށް މޫމިނާ ބުނެފއަިވެއެވެ. އަދި ގައުމުގެ އިސްވެރިޔެއްގެ ގޮތުގައި އަންހެން ބޭފުޅުންނަށް 2 ފަހަރަށް އިންތިޚާބް ކޮށްފައިވާ ކަން މޫމިނާވަނީ ފާހަގަކުރިއެވެ.

އަންހެނުން ބާރުވެރި ކުރުމަށް ފިރިހެނުންނާ އެއްވަރަށް އުނގެނުމުގެ ފުރުސަތު ފަހިވެފައި އޮންނަން ވާނެ ކަމަށް މޫމިނާ ދެކެއެވެ. އަދި ވަޒީފާގެ ހަމަހަމަ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށާއި ފިރިހެނުންނާ އެއްވަރު މުސާރަ ދޭންވާނެ ކަމަށް އޭނާ ދެކެއެވެ.

                                                                      މައުލޫމަތު ނެގީ ފޯބްސް އިން

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.