މަސްދޯންޏެއްގައި އޮތް ބަލީމީހަކު ކުޅުދުއްފުށްޓަށް ގެންނަނީ

މަސްވެރިކަން ކުރަން އުޅުނު އއ. މާޅޮހު ރަމްޒު ނަމަކަށް ކިޔާ، ދޯންޏެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްޙީ އަވަސް ފަރުވާއަށް ކުޅުދުއްފުއްޓަށް ގެންދިޔުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ މަލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު 14:52 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމުން ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ވަނީ ހަރަކާތްތެރިވާން ފަށައިފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރަމްޒު ދޯނި މިހާރު މަސްވަރިކަން ކުރަމުންދަނީ ކުޅުދުއްފުށީ ހުޅަނގު ބިތުން 106 މޭލު ބޭރުގައެވެ. ހާލުބޮޑުވެގެން ކުޅުދުއްފުށްތަށް ގެންނަނީ އޭގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ދިވެއްސެކެވެ. އޭނާއަށް ދިމާވެފައިވާ މައްސަލައަކީ ކުއްލިއަކަށް ހޮޑުލެވި ބަނޑުގައި ރިއްސަން ފެށުމެވެ. އެހެންވެ އޭނާއަށް އަވަސް ފަރުވާ ބޭނުންވާކަމަށް ދޯނީގެ ކެޕްޓަންވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައި އެދިފައެވެ. އެހިސާބުން ސިފައިންވަނީ މަސައްކަތް ފަށައިފައެވެ.

ޅ.މާފިލާފުށީގައި އޮތް އެފްއައިސީ "މާފަތް" ލޯންޗު ޅ.ނައިފަރަށް ގޮސް ޑޮކްޓަރުންގެ ޓީމު ގޮވައިގެން ދޯނި އޮތް ސަރަޙައްދަށް މިހާރުދަނީ ދަތުރު ކުރަމުންނެވެ. އެމީހާ ގޮވައިގެން ކުޅުދުއްފުއްޓަށް ފޯރާނެ ކަމަށް ލަފާކުރެވެނީ މިރޭ 23:30 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.