މަހްލޫފުގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ޖަލަށް ލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފްގެ ބަންދަށް ފަސް ދުވަސް މިއަދު ޖަހައިފިއެވެ.

މިއަދު މެންދުރުފަހު ދޫނިދޫއިން މާލެ ގެނެސް މަހްލޫފުގެ ބަންދުގެ މަޖިލިސް ކްރިމިނަލް ކޯޓުގައި އޮތީ 3 ޖަހާކަންހާއިރުއެވެ. އި މަހްލޫފް ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިންނެވެ.

މަހްލޫފްގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ. އެއީ މިމަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލުގައި ކުރި މުޒާހަރާއަކާއި ގުޅިގެންނެވެ. ފުލުހުން ބުނެފައި ވަނީ އެދުވަހު މަހްލޫފް ޖަލު ތެރެއަށް ވަދެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މަހްލޫފް ވަނީ އޭނާ އެކަން ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މަހްލޫފް ހައްޔަރު ކޮށްފައި ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ގިނަ ދުވަސް ތަކަކު ކޮލަމްބޯގައި ދިރިއުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވިތާ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.