ރައީސްގެ މެސެޖެއް ޕުޓިންއަށް

ަޝިޔާގެ ކެމެރޮވޯ ސިޓީގެ މޯލެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިނަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، މުދަލާއި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މިއަލިފާނުގެ ޙާދިސާގެ ޚަބަރު އެއްސެވީ، ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރަޝިޔާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރަޝިޔާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ޙަމްދަރުދީ ފާޅުކުރައްވައި، ވީހާވެސް އަވަހަކަށް މިކަމުން އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިޙާދިސާގައި ގެއްލުން ލިބުނު ޢާއިލާތަކަށްވެސް އެމަނިކުފާނުގެ މެސެޖުގައި ޙަމްދަރުދީ ރައްދުކުރައްވާފައިވެއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.