އިބޫ ދޫކޮށްލައިފި

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށް ޖަލަށް ގެންގޮސްފައި ހުންނެވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) މިއަދު ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު އިބޫ ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ. މިމަހުގެ 16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ސަރުކާރާ ދެކޮޅު އެއްވުމުގެ ތެރެއިން އިބޫ ހައްޔަރު ކޮށްފައިވާއިރު އޭނާގެ މައްޗަށް ފުލުހުން ދައުވާ ކުރަން ފޮނުވާފައި ވަނީ ފުލުހުންނަށް ނުކިޔަމަންތެރިވުމުގެ ކުށެވެ.

16 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުގެ މުއްދަތު ޖަހަން 19 ވަނަ ދުވަހު ގެނައުމުން ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރަން އަމުރު ނެރެދީފައެވެ. ބަންދުގެ މުއްދަތު ޖަހައިދިނީ ހެކި ނައްތާލަން އުޅުއްވަފާނެ ކަމަށެވެ.

އިބޫއަކީ އިދިކޮޅު ހަރަކާތްތަކުގައިވެސް ފަހަކަށް އައިސް އެންމެ އިސްކޮށް އުޅުއްވާ ފަރާތެވެ. އިބޫގެ އިތުރުންވެސް މަޖިލީހުގެ ބަޔެއް މެމްބަރުން 16 ވަނަ ދުވަހުގެ ރޭ ވަނީ ހައްޔަރު ކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.