ޔޫރަޕްގެ ބަޔެއް ގައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ސްރީލަންކާއިން ފުރާވަޑައިގެންފިއެވެ.
ނަޝީދު އަރިހުގައި މަސައްކަތް ކުރައްވާ ކުރީގެ ފޮރިން މިނިސްޓަރ މަސްއޮޑި އަޙްމަދު ނަސީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮލަމްބޯގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ނަޝީދު ކޮލަމްބޯއިން ފުރާވަޑައިގަތީ ޔޫރަޕްގެ ބަޔެއް ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ކަމަށެވެ.
ނަމަވެސް ނަޝީދު ބައްދަލު ކުރައްވަނީ ކޮންގައުމު ތަކެއްގެ ވެރިންނަކާ ކަމެއްވެސް އަދި ދަތުރުފުޅުގައި ނަޝީދު ވަޑައިގަންނަވާނެ ގައުމުތަކެއްވެސް ނަސީމު ވިދާޅެއްނުވެއެވެ. ޖަލު ހުކުމަށް ފަހު ލަންޑަނަށް ވަޑައިގެންފަހުން ނަޝީދު ވަނީ ވަރަށްގިނައިން ކޮލަމްބޯއަށް ވަޑައިގެން މަޑު ކުރައްވާފައެވެ. މިފަހަރުވެސް ކޮލަމްބޯއިން ފުރާވަޑައިގަތީ ގިނަ ދުވަސްތަކަކު އެގައުމުގައި މަޑު ކުރެއްވުމަށް ފަހުއެވެ.