ގެނބުނު ޒުވާނާ މަރުވެއްޖެ

މާލެ އަތޮޅު ތަނބުރުދޫގައި މިއަދު ހަވީރު ރާޅާ އަޅަން އުޅުމުގެ ތެރޭގައި ގެނބިގެން ފަރުވާ ދިނުމަށް މާލެ ގެނައި އުމުރުން 21 އަހަރުގެ އަބްދުﷲ ނާއިލް މަރުވެއްޖެއެވެ.

ރާޅާ އަޅަން އުޅެނިކޮށް ނާއިލް ގެނބުމާއެކު އޭނާއަށް ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ. ނާއިލް ގެނބިގެން މާލެ ގެނައީ މިއަދު ހަވީރު ހަތަރެއް ޖަހާކަންހާއިރުއެވެ. ރާޅާ އަޅަން މޫދަށް ފޭބި ނާއިލް ފެނިފައި ވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ތަނބުރުދޫ ގޮނޑުދޮށުންނެވެ.

ހަވީރު ގެނބުނު ނާއިލް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައި ވަނީ މިއަދު އިރުއޮއްސެން ދަނިކޮށެވެ. ނާއިލް މަރުވީ ފަރުވާ ދެމުންދާތާ މާގިނައިރުތަކެއް ނުވަނީހެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.