މަޝްހޫރު ބްރޭންޑުތަކުގެ ފެންފުޅިތަކުގައި ވަރަށް ކުދި ޕްލާސްޓިކު އެތިއެތިކޮޅު: ރިފޯޓް

ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ފެންފުޅިތަކުން ވަރަށް ކުދި ޕްލާސްޓިކު އެތިއެތިކޮޅު ފެނިފައިވާކަމަށާއި، ބަންދުކުރުގެ ތެރޭގައި ފެނުގެ ތެރެއަށް އެފަދަ އެތިއެތިކޮޅު ދަނީކަމަށް ލަފާކުރެވޭ ކަމުގައި، ނުވަ ގައުމެއްގައި ކުރެވެނު ދިރާސާތަކަށް ފަހު އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. ފްރެޑޯނިއާގައި ހުންނަ ސްޓޭޓް ޔުނިވަރސިޓީ އޮފް ނިއުޔޯކްގެ މައިކްރޯޕްލާޓިކް ރިސާޗަރ ޝެރީ މޭސަން އިސްވެ ހުންވަނައިގެން ކުރެވުނު ދިރާސާއިން "ފުޅާދާއިރާއެއްގައި" ޕްލާސްޓިކް ފެނާ އެއްވުމުގެ މައްސަލަ ފެނިފައިވާކަން، އެމެރިކާގެ ޖަމާޢަތެއް ކަމުގައިވާ އޯބް މީޑިއާއިން ޝާއިއުކުރި އެ ރިޕޯޓްގެ ޚުލާޞާއިން އެނގެއެވެ.
ދިރާސާކުރި ޓީމުން ވަނީ ބްރެޒިލް، ޗައިނާ، އިންޑިޔާ، އިންޑޮނޭޝިޔާ، ކެންޔާ، ލެބަނާން، މެކްސިކޯ، ތައިލޭންޑް އަދި އެމެރިކާގެ 250 ފެންފުޅި ޓެސްޓްކޮށްފައެވެ. އޭގެ ތެރެއިން %93 ފުޅީގެ ފެނުގައި ޕްލާސްޓިކުގެ އަސަރު ހުއްޓެވެ. އެ ފެންފުޅިތަކުގެ ބްރޭންޑުތަކުގެ ތެރޭގައި، އަކުއާ، އަކުއަފީނާ، ދަސާނީ، އެވިއަން، ނެސްލޭ ޕިޔޯ، ލައިފް އަދި ސާން ޕެލެގްރީނޯ ފަދަ މަޝްހޫރު ނަންތައް ހިމެނެއެވެ.
ފެނުނު ޕްލާސްޓިކު އެތެރިކޮޅުތަކުގެ ތެރޭގައި ޕޮލީޕްރޮޕައިލީން، ނައިލޯން އަދި ފެންފުޅި ހަދަން ބޭނުންކުރާ މާއްދާއެއް ކަމުގައިވާ ޕޮލީއެތިލީން ޓެރެޕްތަލޭޓް (ޕެޓް) ހިމެނެއެވެ.
"އަހަންނަށް ހީވާ ގޮތުގައި އެ އެތިކޮޅުތައް އަންނަނީ ފެންފުޅިތައް ބަންދުކުރުމުގެ މަރުހަލާގައި. އަހަރުމެންނަށް ފެންނަ ގިނަ އެތިކޮޅުތަކަކަީ ފެންފުޅިން އަންނަ އެތިއެތިކޮޅު. އެެ އަންނަނީ މަތިގަނޑުން." އޭއެފްޕީއާ ވާހަކަދައްކަވަމުން މޭސަން ވިދާޅުވިއެވެ.
ފުޅިއެެއްގައި ޕްލާސްޓިކު އެތިކޮޅުތައް ހުރި މިންވަރު "ސުމަކުން 10 ހާހާ ދެމެދުގައި" ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެެވެ. އެ އެތިކޮޅުތަކުގެ އެވްރެޖް ސައިޒަކީ 100 މައިިކްރޯން (0.10 މިލިމީޓަރު) އެވެ. އަދި ލިޓަަރަކުން އެެވްރެޖްކޮށް އޭގެ 10.4 އެތިކޮޅު ފެނިފައި ވެއެެވެ. އެވަރު ކުދި އެތިކޮޅުތަކަކީ 'މައިކްރޯޕްލާސްޓިކްސް' އެވެ.
މި ރިޕޯޓާ ގުޅިގެން ޑަބްލިޔުއެޗްެއޯ އިން ވަނީ ބޯފެނުގައި ޕްލާސްޓިކު ހުރުމުގެ ނުރައްކާ އަލުން މުރާޖަޢާކުރާނެ ކަމަށް ބުނެފައެވެ. ފެން ބޯ އިރު ނޭނގި ދިރުވާލެވޭވަރުގެ މައިކްރޯޕްލާސްޓިކްސް ފެނުގައި ގިނަ އަަދަދަކަށް ހުންނަ ކަމަށް ދައްކާ އޯބް މީޑިޔާގެ ރިޕޯޓުން ދެއްކި ނަމަވެސް، މައިކްރޯޕްލާސްޓިކްސް އިން އިންސާނުންގެ ސިއްހަތަށް ބޮޑު އަސަރެއް ކުރާކަން އެނގިފައެެއް ނުވެއެވެ. އެހެންނަމަވެސް ޑަބްލިޔުއެޗްއޯއިން އެކަން ދިރާސާކޮށް ކަމުގެ ހަގީގަތް ދެނެގަންނަން ބޭނުންވެއެވެ.
ޑަބްލިޔުއެޗްއޯގެ ގްލޯބަލް ވޯޓަރ އެންޑް ސެނިޓޭޝަން ކޯޑިނޭޓަރ ބްރޫސް ގޯޑަން ވިދާޅުވި ގޮތުގައި ސުވާލަކީ އުމުރުދުވަހަށް އެެފަދަ ޕްލާސްޓިކު އެތިކޮޅުތައް ކެއުމުން ނުވަތަ ބުއިމުން ސިއްހަތަށް އަސަރަކުރަނީ ކިހާވަރަކަށްތޯއެވެ.
"ގައިމުވެސް އެފަދަ ތަކެތީގެ އަސަރު އެމީހުންގެ ސިއްހަތަށް ކުރު މުއްދަތުގައި ނުވަތަ ދިގު މުއްދަތުގައި ކުރަނީ ކިހާވަރަކަށް ކަން އެނގެން އާއްމުން ބޭނުންވާނެ." އޭނާ ވިދާޅުވިއެވެ.
ޚަބަރު: ބީބީސީ، ދަ ސްޓްރެއިޓްސް ޓައިމްސް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.