ތަގްސް އޮފް ހިނދުސްތާން ގެ ޝޫޓިންގައި އުޅެނިކޮށް އަމީތާބް ބަލިވެގެން އޭނާގެ ޑޮކްޓަރުން ޖޯދްޕޫރް އަށް ގޮސްފިއެވެ. އަމީތާބް ބަލިވީ އަންގާރަ ހޯމަ ދުވަހާ އެދުވަހުގެ ރޭ ފިލްމުގެ މަންޒަރުތަކެއް ނަގައި ނިމުނު ފަހުންނެވެ. ފިލްމުގެ ޝޫޓިން އަށޤ އޭނާ ދިޔައީ މިދިޔަ ހަފްތާ ގައެވެ. ހޯމަ ދުވަހުގެ ރޭ ފިލްމުގެ މަންޒަރުތައް ނަގަމުން ދިޔައީ މެހްރަންގަރް ފޯޓް ގައެވެ.
އަމީތާބް ވަނީ އެރޭ ފަތިހު މަސައްކަތުން އެނބުރި އައީ ކަމަށާއި ބުރަ މަސައްކަތާ ނުލާ އެއްވެސް ކަމެއް ހާސިލު ނުވާނެ ކަމަށް ބުނެފައެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާގެ ބްލޮގް ގައި އޭނާ ލިޔެފައި ވަނީ އޭނާ ގެ ހަށިގަނޑު ހަމައަކަށް އަޅުވަން އޭޏާ ގެ ޑޮކްޓަރުންގެ ޓީމެއް އަންގާރަ ދުވަހު އެރަށަށް ދާނެ ވާހަކައެވެ. އޭނާގެ ޑޮކްޓަރުންގެ ޓީމާ ހަވާލާ ދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މާ ބުރަކޮށް މަސައްކަތުގައި އުޅުމުން ވަރުބަލިވެ ބުރަކަށްޓާއި ކޮނޑުގައި ރިއްސަނީ އެވެ. އަދި ވަރަށް އަވަހަށް އެނބުރި މަސައްކަތަށް ދެވޭނެއެވެ.
ޖާޔާ ބައްޗަން އާ ހަވާލާ ދީ މީޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އަމީތާބްގެ ބުރަކަށީގައި ރިއްސަން ފެށީ ތަގްސް އޮފް ހިންދުސްތާންގައި ބޭނުންކުރާ ކޮސްޓިއުމް މާ ބަރުވީމައެވެ.