ރާއްޖޭގެ ހާލަތާބެހޭގޮތުން ބޭރުގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވައިފި

ރާއްޖޭގެ މިހާރުގެ ހާލަތާބެހޭ ގޮތުން ބޭރުގެ ނޫސްވެރިންނަށް ސަރުކާރުން މިއަދު މައުލޫމާތު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އޭގެ އިތުރަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒާއި، ތިމާވެއްޓާބެހޭ މިނިސްޓަރ ތާރިގް އިބްރާހީމާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމާއި، ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވެސް ވަނީ މައުލޫމާތު ދެއްވައިފައެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވީ ދެ ސެޝަނަކަށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުންނާއި، ސަރުކާރުން އިސްނަންގަވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭ ގޮތުން ވަރަށް ތަފުސީލު މަޢުލޫމާތު ހިއްސާ ކުރައްވައިފައިވެއެވެ. އޭގެ އިތުރަށް ރާއްޖޭގެ އިގްތިސާދީ، އިޖުތިމާޢީ އެކިއެކި ދާއިރާތަކާ ބެހޭގޮތުންވެސް މައުލޫމާތު ދެއްވައިފައިވެއެވެ. ނޫސްވެރިން ދެންނެވި ސުވާލުތަކަށް ސަރުކާރުގެ ފަރާތުންވަނީ ވަރަށް ތަފްސީލްކޮށް ޖަވާބު ދެއްވައިފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި، ބޭރުގެ 10 މީޑިޔާއެއްގެ ނޫސްވެރިން ބައިވެރިވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.