ރޮހިންގާ ފަންޑުގެ ފައިސާ ޖަމާކުރީ ބީއެމްއެލް އެކައުންޓަކަށް: އިސްލާމިކް މިނިސްޓަރު

ރޮހިންގާ ފަންޑުގެ ފައިސާއަކީ ސަރުކާރުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާ ފައިސާއެއް ނޫން ކަމަށާއި، އެ ފަންޑަށް އެހީވީ މީސްމީހުން ފައިސާ ޖަމާ ކުރަމުން ދިޔައީ ބޭންކް އޮފް މޯލްޑިވްސްގައި އޮތް އެކައުންޓަކަށް ކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑޮކްޓަރ ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން މިނިސްޓާރު ވިދާޅުވި ގޮތުގައި ބަޔަކު އިސްލާމިކް މިނިސްޓްރީ ބަދުނާމު ކުރަން މަސައްކަތް ކުރި ނަމަވެސް އެއީ ސީދާ އިސްލާމިކް މިނިސްޓްރީން ކުރި ކަމެއް ނޫނެވެ. ފަންޑު ހިންގީ ސަރުކާރުން އެކަމަށް ކަނޑައެޅުނު ކޮމިޓީއަކުންނެވެ.

"ބީއެމްއެލް ގައި އޮތް އެކައުންޓަށް އެހީތެރިން ޖަމަކުރި ފައިސާ، ބަންގްލާދޭޝްގެ ރެޑް ކްރެސެންޓަށް ފޮނުވަން މިދިޔަ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 9 ވަނަ ދުވަހު އަޅުގަނޑުމެން ވާނީ ލިޔުމުން އަންގާފައި. އެ ފައިސާ ނުއެއް ގެއްލޭ. ސަރުކާރަކުން އެ ފައިސާއެއް ބޭނުމެއް ނުކުރޭ." މިނިސްޓަރު ޒިޔާދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.