ކުދީނާ ފަތުން ހަމަށް ދެވިދާނެ ގެވެށި ފަރުވާ

ކުދީނާ ފަތަކީ ކާނާގައި މީރު ރަހަ ލެއްވުމަށް ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތެވެ. ކުދިނާފަތަކީ ހަމުގެ ފަރުވާ އަށް ވެސް ވަރަށް ރަނގަޅު ބާވަތެކެވެ. ކުދިނާފަތުން މޫނުގެ ހަމަށް ރަނގަޅު، ތަފާތު ގެވެށި ފަރުވާ ތައްޔާރު ކުރެވިދާނެއެވެ.

ކުދީނާ ފަތުން މޫނުގައި ނަގާ އޮށާޅަ އާއި ބިހި ފަދަ ތަކެތިން މޫނު ރައްކާތެރި ކޮށްދެއެވެ. މޫނުގައި ހުންނަ ކަޅު ލައް ތައް ފިލުވައި ދެއެވެ. ބާޒާރުން ލިބެން ހުންނަ މޮައިސްޗަރައިޒަރ އާއި ކިރިމި އާއި ޓޯނަރ އަދި ކްލީންސަރ ގައިވެސް މިންޓް ގެ އަސަރު ހުރެއެވެ. އެއީ މޫނުގެ ހަން މަޑުކޮށް ހަމަށް އާރޯ ކަމާއި ތާޒާ ކަން ގެނެސްދޭ ބާވަތަކެވެ. ކުދީނާފަތަކީ މޫނުގެ ހަން ވާންކޮށް ބެހެއްޓުމަށް ޓަކައި ބޭނުން ކުުރެވިދާނެ ބާވަތެކެވެ. ޖަރާސީމަކީ މޫނުގައި ބިހި ނެގުމުގެ އެއް އަސްލެވެ. ކުދީނާ ފަތުން ޖަރާސީމާއި ވައިރަހުން ޖެހޭ އިންފެކްޝަންތަކުން ހަންގަނޑު ރައްކާތެރިކޮށް ދެއެވެ. ކުދީނާފަތުގައި ވިޓަމިން އޭ އާއި ވިޓަމިން ސީ ފަދ ބާވަތް ތައް ހިމެނެއެވެ. މިއީ ރަނގަޅު އެންޓި އޮކްސިޑެންޓެއް ވެސް މެއެެވެ.

ކުދީނާ ފަތުން ދެވިދާނެ ގެވެށި ފަރުވާ:

ކެމިކަލް ހުންނަ އުފެއްދުން ތަކާއި ޚިލާފަށް ކުދީނާ ފަތުން ހަމަށް ނޭދެވޭ އަސަރެއް ނުކުރެއެވެ. ކުދީނާ ފަތަކީ އެންމެ ރަނގަޅު އެއް ހަރބަލް ރެމެޑީ އެވެ. ނުވަތަ ފަރުވާ އެވެ. ކުދީނާ ފަތުން އެކި ކަހަލަ ފޭސްޕެކް  ތައްޔާރު ކުރެވިދާނެއެވެ. އެ ފޭސްޕެކް ތަކުން ހިނުކުރާހައި ރަނގަޅު ބަދަލު ހަމަށް އާދެއެވެ.

1.   މޫނުގައި ހުންނަ ލައް ފިލުވުމަށް ކުދީނާ ފަތާއި ފިނި ފެން ބޭނުންކޮށްގެން ތައްޔާރު ކުރެވިދާނެ ފޭސް ޕެކެއް

މިއީ މުޅީން ވެސް ގުދްރަތީ ބާވަތް ތައް ބޭނުންކޮށްގެން ތައްޔާރު ކުރާ ޕެކް އެކެވެ. ކުދީނާ ފަތުން އޮށާޅައިގެ ސަބަބުން މޫނުގައި ނަގާފައި ހުންނަ ލަކުނު ފިލުވުމަށާއި މޫނުގައި ނަގާ ބިހި ކޮންޓްރޯލް ކޮށްދެއެވެ. ރޯޒް ވޯޓަރ ނުވަތަ ފިނި ފެނުން މޫނުގެ ހަން ވާން ކޮށް ދެއެވެ. މި ފޭސްޕެކަކީ މޫނުގެ ހަމަށް ދިމާވާ މި ފަދަ މައްސަލަ ތަކުން މޫނު ރައްކާތެރިކޮށްދޭނެ ޕެކެކެވެ.

މި ފޭސް ޕެކް ތައްޔާރު ކުރުމަށްޓަކައި  5އެއް ނުވަތަ 6 ކުދީނާ ފަތް ޕޭސްޓަށް ވާ ވަރަށް ޗިސްކޮށްލާށެވެ. ދެން އެ ޕޭސްޓްގެ ތެރެއަށް ފިނިފެން ފޮދެއް އަޅާއި އެއްކޮށްލާށެވެ. މޫނުުގައި އުނގުޅުމަށް ފަހު 5 މިނިޓު ނުވަތަ 10 މިނިޓް ވަންދެން މަސާޖު ކުރާށެވެ. އެއަށްފަހު ޕެކް ހިކެން ދެން ބަހައްޓާށެވެ. 20 މިނިޓް އިރު ފަހުން މޫނު ދޮވެލާށެވެ. ދެހަފްތާ އިން އެއްފަހަރު ބޭނުން ކުރުމުން ހަމުގެ ކުލަ ރީތިވެ ހަނގަނަޑު ތާޒާ ވާނެއެވެ.

2.    ހަންގަނޑު ވާންކޮށް ބެހެއްޓުމަށް ކުދީނާ ފަތް

މިއީ ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ ޓޯނަރ އެކެވެ. މި ޓޯނަރ ބޭނުން ކުރުމުން ހަންގަޑު ސާފު ކޮށްދީ އިންފެކްޝަން ތަކުން ހަނގަނޑު ރައްކާތެރިކޮށްދެއެވެ. ތައްޔާރު ކުރުމަށްފަހު 15 ދުވަސް ނުވަތަ 20 ދުވަސް ވަންދެން ހަލާކު ނުވެ ހުންނާނެއެވެ. މި ފަރުވާ އަށް ބޭނުންވާނީ 10 އެއް ނުވަތަ 12 ކުދީނފަތާއި ާ ބޯތަށްޓެއްގެ ފެނެވެ. ތައްޔާރު ކުރުމަށްޓަކައި ތެއްޔަކަށް ފެން އަޅައި އޭގެ ތެރެއަށް ފަތް އަޅައިލާށެވެ. އުނދުން މަތީގައި 10 މިނިޓް ނުވަތަ 15 މިނިޓް ވަންދެން ކައްކާށެވެ. ހިހޫ ވަންދެން ބެހެއްޓުމަށް ފަހު ސްޕްރޭ ފުޅިއަކަށް އަޅާށެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން މޫނަށް ސްޕްރޭ ކުރާށެވެ. މޫޏުގެ ހަންގަނޑޫ ވާންކޮށް ސާފުކޮށްދޭނެއެވެ.

3.   ހަނގަނޑުގެ ތެތްކަން ދެމެހެއްޓުމަށް ކުދީނާ ފަތާއި ޔޯގަޓާއި މާމުއި

ޔޯގަޓާއި މާމުއި އަކީ ހަންގަނޑުގެ ތެތްތަކަން ދެމެހެއްޓުމަށާއި ހަންގަނޑު ތެތްކޮށް ބެހއްޓުމަށް އެހީތެރިވެދޭ ދެބާވަތެވެ. މި ދެބާވަތާ އެކު ކުދީނާ ފަތް ބޭނުން ކުރުމުން އޮށާޅައިން މޫނު ރައްކާތެރިކޮށްދީ މޫނުގައި ބިހި ނެގުން ހުއްޓުވައިދެއެވެ. މި ފަރުވާ އަށް ބޭނުންވާނީ 10 ނުވަތަ 12 ކުދިނާ ފަތާއި، މޭޒުމަތީ ސަމުސަލުގެ އެއް ސަމުސާ ޔޯގަޓާއި މޭޒުމަތީ ސަމުސަލުގެ އެއް ސަމުސާ މާމުޔެވެ.

ޕޭސްޓް ތައްޔާރު ކުރުމަށްޓަކައި ބޯތަށްޓަކަށް ކުދީނާ ފަތް އަޅައި ޗިސްކޮށްލާށެވެ. އަދި ޔޯގަޓާއި މާމުއި އެޅުމަށް ފަހު ޕޭސްޓް ތައްޔާރު ކުރާށެވެ. މޫނުގައި ޕޭސްްޓް އުނގުޅައި 15 ވަރަކަށް މިނިޓަށް މަސާޖު ކުރާށެވެ. ދެން 15 ވަރަކަށް މިނިޓް ފަހުން މޫނު ދޮވެލާށެވެ. މޫނުގެ ހަންގަނޑު ތާޒާ ކޮށް މަޑުކޮށް ބެހެއްޓުމަށް ޓަކައި ހަފްތާ އަކު އެއް ފަހަރު މި ފަރުވާ ތަކުރާރު ކުރެވިދާނެއެވެ.

4.   ހަންގަނޑުގެ ކުލަ އަލި ކުރުމަށް ކުދީނާ ފަތާއި ކްރީމް

ކުދީނާ ފަތް ބޭނުންކޮށްގެން މޫނުގެ ހަމުގެ ކުލަ އަލި ކުރުމަށް ވެސް ގޭގައި ފަރުވާ ކުރެވިދާނެއެވެ. މި ފޭސް ޕެކަކީ އާދަކޮށް ބޭނުން ކުރެވިދާނެ ފޭސް ޕެކެކެވެ. މި ފޭސްޕެކް ތައްޔާރު ކުރުމަށް ބޭނުންވާނީ 10 އެއް ނުވަތަ 12 ކުދީނާ ފަތާއި ކްރީމެވެ. ތައްޔާރު ކުރުމަށްޓަކައި ބޯތަށްޓަކަށް ފަތް އަޅައި ޗިސް ކުރުމަށް ފަހު ކްރީމް އަޅައިގެން ޕޭސްޓް އަކށް ވަންދެން އެއްކުރާށެވެ. ދެން ތާފަނާ ފެނުން މޫނު ދޮވެ، މޫނުގައި ފޭސް ޕެކް އުނގުޅާށެވެ. އަދި މަޑުމަޑުން 20 ވަރަކަށް މިނިޓް މަސާޖު ކުރުމަށް ފަހު ތާފަނާ ފެނުން ދޮވެލާށެވެ. ކޮންމެ ދުވަހަކު ނުވަތަ މޫޏުގެ ކުލައަށް ބަދަލު އަންނަން ދެން ތަކުރާރު ކުރެވިދާނެއެވެ.

ޓޯނަރ އާއި ޕޭސްޓް ގެ އިތުރަށް ކުދީނާ ފަތް އެހެން ގޮތްގޮތަށް ވެސް ބޭނުން ކުރެވިދާނެއެވެ. މއިީ ކާން ވެސް ރަނގަޅު ފަތެކެވެ. ކުދީނާ ފަތް އަޅައިގެން ބޯ ފެންވެސް ތައްޔާރު ކުރެވިދާނެއެވެ. ހަންގަނޑު ރީތިވެ މީހާ ޒުވާން ކަމަށް ދައްކާނެއެވެ. ކުދީނާ ފަތަކީ ގޭގައި ވަރަށް ފަސޭހައިން ހެއްދިދާނެ ބާވަތެކެވެ. އަތުން މާ ބޮޑު ޚަރަދުތަކެެއް ނުގޮސް ކުދީނާ ފަތް ބޭނުން ކޮށްގެން ހަށިގަނޑު ރީތިކަން ދެމެހެއްޓުމަށް ގޭގައި ތަފާތު ފަރުވާ ދެވިދާނެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.