ފެބުރުއަރީމަހު މީރާއަށް 1.3 ބިލިއަން ރުފިޔާ

ހުސްވި ފެބުރުއަރީމަހު މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 19 ޕަސެންޓް އިތުރު އަދަދެއް ކަމަށްވެސް މީރާއިން ވަނީ ވިދާޅުވެފައެވެ.

ފެބުރުއަރީމަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކެއް ކަމަށް މީރާއިން ވިދާޅުވެފައިވަނީ ޖީއެސްޓީއާއި، ގްރީން ޓެކުހުގެ ގޮތުގައި ބަލައިގެންފައިވާ އަދަދު އިތުރުވުމެވެ. އޭގެ އިތުރަށް މިދިޔަ އަހަރު ބަލައިގަނެފައިނުވާ އެއާޕޯޓް ޑިވެލޮމެންޓް ފީ އެމަހު ބަލައިގެންފައިވާތީއެވެ.

ޖީއެސްޓީއާއި، ގްރީންޓެކްސް އިތުރުވެފައިވަނީ ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ މިންވަރު 13.5 ޕަސެންޓް އިތުރުވުމެވެ. އެއީ 800.11 މިލިއަން ރުފިޔާއެވެ. ދެން އެންމެބޮޑު އާމްދަނީ އެއް މިދިޔަ މަހު ލިބިފައިވަނީ ބީޕީޓީއެވެ. އެއިންވަނީ 122.88 މިލިއަން ރުފިޔާ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ވަނީ 77.35 މިލިއަން ރުފިޔާ ލިބިފައެވެ.

އެއާޕޯޓް ޑިވެލޮމްމެންޓްފީގެ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 65.61 މިލިއަން ރުފިޔާއެވެ. އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 65.58 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވަނީ 124.10 މިލިއަން ރުފިޔާ ކަމަށްވެސް މީރާއިން ވަނީ މައުލޫމާތު ދެއްވައިފިއެވެ. ފެބުރުއަރީ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރެގައި 54.58 މިލިއަން އެމެރިކާ ޑޮލަރު ހިމެނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.