އީރާނުން ވަކި ގޮތަކަށް އަަމަލުކުރަން އެއްވެސް ބަޔަަަކަށް ނުއެންގޭނެ: ޚާމަނައީ

އީރާނުގެ ދީނީ ޒައީމު އާޔަތުﷲ ޢަލީ ޚާމަނައީ

އީރާނުން މެދުއިރުމަތީގައި އަދާކުރާނެ ދައުރާ ބެހޭގޮތުން ޔޫރަޕާއި ވާހަަކަނުދައްކާނެ ކަމުގަައި އީރާނުގެ ދީނީ ޒައީމު އާޔަތުﷲ ޢަލީ ޚާމަަނައީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އީރާނަށް ކުރެއްްވި ޒިޔާރަތެއްގައި ފަރަންސޭސި ޚާރިޖީ ވަޒީރު މެދުއިރުމަތީގައި އީރާނުން ކުޅޭ ދައުރާ ބެހޭގޮތުން ވާހަކަފުޅުދެއްކެވުމުންނެވެ.
"ޔޫރަޕްގެ ޤައުމުތަކުން (ތެހެރާނަށް) އައިސް މިބުނަނީ އަހަރުމެން ބޭނުމޭ މެދުއިރުމަތީގައި އީރާނުގެ ދައުރާ ބެހޭގޮތުން ވާހަކަދައްކަން. އެއީ ކަލޭމެންނާ ބެހޭ ކަމެއް ނޫން. މިއީ އަހަރުމެންގެ ސަރަހައްދު. ކަލޭމެން މިތަނަަށް ތިޔަ އަންނަނީ ކީއްކުރަން؟" ޚާމަނައީގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް އޭނާ ވިދާޅުވެފައި ވަނީ އީރާނުގެ ދައުރާ ބެހޭ ގޮތުން ސަރަހައްދުގެ ޤައުމުތަކާ ވާހަކަދައްކަން އީރާނު ތައްޔާރަށް އޮތް ކަމުގައެވެ.
ޔޫރަޕްގެ ޤައުމުތަކުން އެންމެ ކަންބޮޑު ވަނީ ސީރިޔާާގައި އީރާނުން ކުޅޭ ދަރުރާ މެދުގައެވެ. އިރާނުގެ ރިވޮލިއުޝަނަރީ ގާޑުންެގެ އެތައްހާސް ސިފައިންނެއް ދަނީ ސަރުކާރު ސިފައިންނާއެކު ސީރިޔާގައި ހަނގުރާމަކުރަމުންެނެވެ.
އެމެރިކާ ސިފައިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ކަންކަން ޚާމަނައީ ސިފަކުރެއްވީ "ފަސާދަކުރުމާއި، ފިތުނަ އުފެއްދުން" ކަމުގައެވެ. އޭނާ ވިދާޅުވީ އީރާނުން މެދުއިރުމަތީގައި ހަރަކާތްތެރިވާން ވޮޝިންޓަނުގެ ހުއެްދަ ނުހޯދާނެ ކަމުގައެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ "އަހަރުމެން އެމެރިކާގައި ތިބެން ބޭނުންވާ ދުވަަހަކު އެމެރިކާއާއެކު ވާހަކަ ދައްކާނަން" ކަމުގައެވެ.
އަނެއްކޮޅުން، އީރާނުގެ ރައީސު ޙަސަން ރޫޙާނީ ވިދާޅުވީ އީރާނުގެ ހަތީޔާރާއި ލަޝްކަރުތަކުގެ ބޭނުމަކީ ޞުލްހަ ދަމަަހައްޓައި، އަމާންކަމާއި، ހަމަޖެހުން ވަރުގަދަ ކުރުމެވެ. އަދި އެހެން ބަޔަކު އީރާނަށް ހަމަލާދީފިނަމަ ހުއްޓުުވުމެެވެ.
މި ހަފުތާގެ ކުރީކޮޅު އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވޮޝިންޓަނަށް ކުރި ޒިޔާރަތުގައި އޭނާ ވަނީ މެދުއިރުމަތީގައި އީރާނުގެ ދައުރާ ބެހޭގޮތުން ރައީސު ޓްރަމްޕާ މަޝްވަރާކޮށްފައެވެ.
ފަރަންސޭސި ޚާރިޖީ ވަޒީރު ލެޑްރިއާން އީރާނަށް ވަޑައިގަތީ އީރާނުގެ މިސައިލް ޕްރޮގްރާމާ ބެހޭގޮތުން ވާހަކަދެއްކެވުމަށެވެ. އެމެރިކާގެ ރައީސު ޓްރަމްޕް ވަނީ އީރާނާއެކު ވެފައިވާ ނިއުކްލިއަރ އެއްބަސް ވުމުގައި ހުރި "ބޮޑެތި އައިބުތައް" ރަނގަޅުކުރުމަށް 12 މޭ އާހަމައަށް ޔޫރަޕަށް މުއްދަތު ދެއްވާފައެވެ. އެހާ ހިސާބަށް އެމެރިކާ އެދޭ ބަދަލުތައް ނުގެނެވިއްޖެނަމަ އެ އެއްބަސްވުމުން އެމެރިކާ ވަކިވާން ޖެހިދާނެކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.
ޚަބަރު: އަލްޖަޒީރާ.ނެޓް، އަލްޙަޔާތު

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.