ރައީސް ޔާމީން ވެރިކަމުން ބޭލުމަށް އަދިވެސްއޮތް ހަމައެކަނި ތަނަކީ މަޖިލިސް- ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައީސް ކަމުން ބޭލުމަށް އަދިވެސް އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި މިއަދު ހެނދުނު ބައިވެރިވެވަޑައިގެންނެވި ޕްރޮގްރާމެއްގައި ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރިޔަށް އޮތް ރިޔާސީ އިންތިބާމެދު މިވަގުތު ވިސްނުން ނެތް ކަމަށާއި ހަމައެކަނި ވިސްނުމަކީ މިހާރު ރައީސް މަގާމުން ވަކިކުރުން ކަމަށެވެ. ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ޑިމޮކްރަސީގެ ހުރިހާ ސިފަތަކެއް ގެއްލެމުން އަންނަ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ތެރެއިން ގިނަ މީހުންވެސް ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު ކަމަށެވެ.

" ދެން އޮތީހަމަ ވަގުތު ކޮޅެއް. އަޅުގަނޑުމެންނަށް މި ރީތިކޮށް ގޮސް ފެންނާނެ، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެންނާނެ، މިގޮތަކަށް މި ކަމެއް ނުހިފޭއްޓޭނެ، މި އޮތީ މި ހައްދުން ނައްޓާފައި، ފަރަށް އަރަން،" ނަޝީދު ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.