ޝަރީފަށް މަޖިލީހުން ރުހުން ދީފި

އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެމްބަރު ކަމުގެ ގޮނޑިއަށް އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަޙްމަދު ޝަރީފު އެމަގާމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މައްސަލަބަލައި ދިރާސާކޮށް މަޖިލީހަށް ޝަރީފުގެ ނަން ފޮނުވުމާއެކު މިއަދު އޮތް ޖަލްސާގައި ޝަރީފަށް ރުހުން ދީފައި ވަނީ 33 މެމްބަރުންގެ ވޯޓުންނެވެ. ޝަރީފު ކޮމިޝަނުގެ މެމްބަރު ކަމުގެ ހުވާ ކުރެއްވުން ވަރަށް އަވަހަށް އޮންނާނެ ކަމަށްވެއެވެ.

އިލެކްޝަން ކޮމިޝަނަށް ޝަރީފު އައްޔަން ކުރައްވާއިރު މިވަގުތު އޭނާ ހުންނެވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ޝަރީފު ވަނީ މީގެކުރިންވެސް އިލެކްޝަން ކޮމިޝަނުގައި މަސައްކަތް ކުރައްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.