އުތުރު ކޮރެޔާއިން ދެކުނާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުން: ކިމް

ޒަޢީމު ކިމް ޖޮންގ-އުން ދެއްވި ފަރިއްކޮޅަށް ދެުކުނު ކޮރޔާގެ ވަފުދަށް މަރުޙަބާ ވިދާޅުވަނީ

ދެކުނު ކޮރެޔާ އާއެކު "ޤައުމީ އެއްބައިވަންތަކަމުގެ އައު ޞަފްޙާއެއް" ލިއުއްވަން ބޭނުންފުޅު ކަމުގައި އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮންގ-އުން ވިދާޅުވެއްެޖެ ކަމުގައި އެޤައުމުގެ ރަސްމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.
ޕިޔޮޮންގޔަންގަށް މިހާރު ޒިޔާރަތްކުރަމުންދާ ދެކުނު ކޮރެޔާގެ ވަފުދުގެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިއުމަށް އޭނާ އެދިވަޑައިގަންނަވާ ކަމުގައެވެ.
އުތުރު ކޮރެޔާގެ ޒަޢީމު ވަނީ ދެކުނުގެ ވަފުދުގެ ޝަރަފުގައި އިއްޔެ ފަރިއްކޮޅެއް ބާއްވަވާފައެވެ.
މިއީ ކިމް 2011 ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގަތް ފަހުން ދެކުނު ކޮރެޔާގެ ވަފުދަކާ އޭނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ދެކުނު ކޮޮރެޔާގެ ޕިޔޮންޗަންގ ގައި މިއަހަރު ބޭއްވި ފިނިމޫސުމުގެ އޮލިމްޕިކްސްއަށް ފަހު ދެޤައުމުގެ ގުޅުން ރަނގަޅުވާން ފަށާފައިވާކަން ފާހަގަކުރެވެއެވެ.
"ރައީސު މޫން ޖައި-އިން ދެޤަައުމުގެ ވެރިންގެ ބައްދަލުވުމެއް ބާއްވަވަން ބޭނުންފުޅުވާ ވާހަކަ ދެކުނުން އައި ވަފުދުގެ ފަރާތުން އިވިވަޑައިގަތުމުން، އޭނާ އެބޭފުޅުންނާ ޚިޔާލު ބަދަލުކުރައްވައި، ހިތްހަމަޖެހޭ ފަދަ އެއްބަސްވުމަަކަށް އާދެވުނެވެ." ޒަޢީމު ކިމްގެ ބައްދަލުވުމާ ބެހޭގޮތުން، އުތުރު ކޮރެޔާގެ ރަސްމީ ނޫސް އެޖެންސީން ބުނެފައި ވެެއެވެ. އެހެންނަމަވެސް އެއްބަސްވުމުގެ އެއްވެެސް ތަފްޞީލެއް ދީފައި ނުވެއެވެ.
"އަދި އެކަމަށް އަވަސް ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ އިދާރާތަކަަށް ޒަޢީމު ކިމް އިރުޝާދު ދެއްވިއެވެ." ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ އިން ބުނެފައި ވެއެވެ.
10 މީހުންގެ މައްޗަށް އެކުލެވޭ ދެކުނު ކޮރެޔާގެ ވަފުދުުގެ ވެރިއަކަށް ހުންނެވީ އެޤައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޗުންގ އެއު-ޔޮންގ އެވެ.
ޚަބަރު: ބީބީސީ، ދަނިއު ޑެއިލީ

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.