ދުނިޔޭގެ އެއްވަނަ ރާއްޖޭގެ 6 ދަރިވަރަކު ހޯދައިފި

މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިހާނުގައި ރާއްޖެއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން 6 ދަރިވަރަކު ދުނީޔޭގެ އެއްވަނަ ހޯދައިފިއެވެ. އެކުދިން ދުނިޔެއިން އެއްވަނީ ހޯދީ އެމާއްދާއަކުން 100 މާކްސް ހޯދައިގެން ނެވެ.

މުޅިދުނިޔެއިން އެއްވަނަ ހޯދި 6 ކުދިންގެ ތެރެއިން 5 ކުއްޖަކު އެއްވަނަ ހޯދީ އެކައުންޓިންނެވެ. އަނެއް ކުއްޖާ އެއްވަނަހޯދީ ބިޒްނަސް ސްޓަޑީޒް އިންނެވެ. އެކުދިން ވަނީ އެމާއްދާތަކުން 100 މާކްސް ހޯދައިފައެވެ.
އެކުދިންނަށް އެމާގާމް ލިބުމާއި ކުދިންނަށް ހައްގުވާ އިނާމް ދީފައިވަނީ ދަރުބާރު ގޭގައި މިރޭ ބޭއްވި ޓޮޕް އެޗީވާސް އެވޯޑް ނައިޓުގައެވެ.

މިދިޔަ އަހަރު ބޭއްވި އިމްތިހާން ތަކުގައި ބައިވެރިވި ކުދިންގެ ތެރެއިން 13 ކުއްޖަކުވަނީ އެކި މާއްދާތަކުން އެއްވަނަ ހޯދައިފައެވެ. މިދިޔަ އަހަރު އިމްތިހާން ހެދި ދަރިވަރުންގެ ތެރެއިން 186 ކުދިންވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އޭގެ އިތުރަށް އިމްތިހާން ތަކުން ފަސް މާއްދާއިން އޭ ފާސް ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނިފައިވަނީ 44 ދަރިވަރަކެވެ. މިއީ މިހާތަނަށް ގަދަދިހައެއްގައި ފާސްމާއްދާއިން އޭ ފާސް ހޯދައިގެން ގަދަދިހައެއްގައި މިއަދަދަށް ކުދިން ހިމެނުނު ފުރަތަމަ ފަހަރެވެ. އޭގެ އިތުރަށް ޓޮޕްއެޗީވާސްގެ ދެވަނައިގެ ގޮތުގައި 33 ދަރިވަރުން ހޮވިފައިވެއެވެ.

މިޖަލްސާގައިވަނީ އެކި ގިންތިތަކުން މަތީވަނަ ހޯދި ދަރިވަރުންނަށް އިނާމް ދެއްވައިފައެވެ. އޭގެތެރެއިން 41 ދަރިވަރަކަށްވަނީ އޭޝިޔާގެ 11 ގައުމަކުން ކިޔެވުމުގެ ފުރުސަތުލިބޭ ސްކޮލަޝިޕް ހަވާލުކޮށްފައެވެ.

ގަދަ ދިހައެއްގައި ހިމެނުނުނު 44 ދަރިވަރުންގެ ތެރެއިން އޭ ސްޓަރ ހޯދި ތިން ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޯލާޝިޕް ވަނީ ހަވާލުކޮށްފައެވެ. އެދަރިވަރުންނަކީ ސީއެޗުއެސްއީގެ ދަރިވަރު އާއިޝަތު އަޒުމާ، ސީއެޗުއެސްއީގެ ދަރިވަރު ފާތިމަތު ސައީދު، ސީއެޗްއެސްއީގެ ދަރިވަރު މަރިޔަމް މަލްސާ ލިޝާމެވެ.

މިއަހަރުގެ ޓޮޕްއެޗީވާސް އެވޯޑް ދިނުމުގެ ޖަލްސާ މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލާލުގައި ބާއްވައިފިއެވެ. މިޖަލްސާގެ ޝަރަފްވެރި މެހުމާނަކީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ. ޖަލްސާގައި އެމަނާ ވިދާޅުވީ ދުވަހަކަށްވުރެ ދުވަހެއް ރާއްޖޭގެ ތައުލީމީދާއިރާ އަންނަނީ ކުރިއަރައި ހަރުދަނާ ވަމުންކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.