ލ.އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫގައި

ލ. އަތޮޅު ކައުންސިލާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ގުޅުން ބަދަހި ކުރުމުގެ ދަތުރެއްގައި ލ. އަތޮޅު ކައުސިލްގެ ޓީމެއް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފް މިއަދު ވިދާޅުވީ މި ދަތުރުގެ މައިގަނޑު ބޭނުމަކީ ދެ ކައުންސިލްގެ މެދުގައި ގުޅުން ބަދަހި ކުރުން ކަމަށްވިޔަސް އައްޑޫ ސިޓީއާއި ލ. އަތޮޅުގެ މީހުންނަށް ފައިދާ ހުރި ރަނގަޅު މަސައްކަތެއް ފެށުމާ ބެހޭގޮތުންވެސް މިދަތުރުގައި މަޝްވަރާ ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ލ. އަތޮޅު ކައުންސިލްގެ ޓީމުގައި އެކައުންސިލްގެ ރައީސް ވެސް ހިމެނިވަޑައިގަންނަވައެވެ. އެ ޓީމުން މިއަދު ވަނީ އައްޑޫސިޓީގެ ބައެއް ތަންތަން ބައްލަވާ ލައްވައިފައެވެ. އޭގެ ތެރޭގައި މަރަދޫ ބޮނޑޮގެ، އާރުއޭއެފް ސަރަހައްދުގައި ހުންނަ މަސްފެކްޓްރީ އަދި އީދި ގަލި ކިޅި ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.