ޓްރަމްޕްގެ ވައިޓް ހައުސްގެ ހަލަބޮލިކަން ދުނިޔޭ ބާޒާރަށް

އެެމެރިކާގެ ރައީސު ޑޮނަލްޑް ޓްރަމްޕް 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު ވައިޓް ހައުސްއަށް ވެދެވަޑައިގަތް ފަހުން އެތަން ވެފައިވަނީ ކޯޯޅުންތަކާއި ހަމަނުޖެހުންތައް ގިނަ ތަނަކަށެވެ. ރައީސު ޓްރަޕްގެ ކުއްލި ނިންމެވުންތަކާއި، ޤާނޫނީ، ސިޔާސީ، އަދި އިޤްތިޞާދީ ގޮތުން ކުރިމަތިވެދާނެ ދަތިތަަކަށް ބެއްލެވުމެއް ނެތި އޭނާ ދައްކަވާ ވާހަކަފުޅުތަކާއި، ކުރައްވާ ކަންތަކުގެ ސަބަބުން ވައިޓް ހައުސް ވެފައިވަނީ ހަލަބޮލި ތަނަކަށެވެ.
އިއްޔެ ރައީސު ޓްރަޕް އިއްޔެ ނިންމެވި އެފަަދަ ނިންމުކާ ގުޅިގެން ދުނިޔޭގެ ބަޒާރު ހަލަބޮލިވެ، ވިޔަފާރީގެ ހަނގުރާމައެެއް ފެށިދާނެ ކަމުގެ ކޮޅުމަތި މިހާރު ވަނީ ފެންނަނށް ފަށާފައެވެ. ކުއްލި ގޮތަކަށް އިންތިޒާމުކޮށްގެން ދަގަނޑާއި އެލްމެނިއަމް އުފައްދާ ކުންފުނިތަކުގެ ވެރިންނާއެކު ވައިޓް ހައުސްގައި ބޭއެްވީ ބައްދަލުވުމެއްގައި ރައީސު ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވީ، އެމެރިކާއަށް އެތެރެކުރާ ދަގަނޑުން ޑިއުޓީ ނަގަން ނިންމެވި ވާހަކައެވެ. ދަގަނޑުުން %25 އަދި އެލްމެނިއަމުން %10 އެވެ. ޓްރަމްގެ އެޑްވައިޒަރުންގެ ތެރެއިން އެތައް ބަޔަކު ދެކޮޅު ހަދަމުން ދިޔަ މިނިންމުން އޭނާ ނިންމެވީ އޭނާގެ "ފުރަތަމަ އެެމެރިކާ" ސިޔާސަތުގެ ދަށުންނެވެ.
ރައީސު ޓްރަމްޕްގެ ނިންމެވުން ދުނިޔެއިން ބަލައިގަތީ ކަންބޮޑުވުމާ އެކުގައެވެ. އަނެއްކާވެސް އެމެރިކާއާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ބޯމަތިވަމުން އަންނަތަން ފެންނާތީއެވެ. މިިނިންމެވުން އިއުލާންކުރެއްވުމާއެކު ނިއުުޔޯކުގެ ހިއްސާގެ ބާޒާރުގައި ޑައުޖޯން އިންޑެކްސް 500 ޕޮއިންޓް ވެއްޓުުނެވެ. ޓޯކިޔޯގެ ނިކޭ އިންޑެކްސް %2.5 ދަަށަށް ދިޔައެވެ.
އެމެރިކާއިން އަޅާ މިފިޔަވަަޅުތަކަށް އެންމެ ފުރަަތަމަ ރައްދު ދިނީ ޔޫރަޕިއަން ޔުނިއަން (އީޔޫ) އިންނެވެ. ޔޫރަޕިއަން ކޮމިޝަނުން ވަނީ ދަގަނޑާއި އެލްމެނިއަމުން ޑިއުޓީ ނަގަން އެމެރިކާއިން ފަށައިފިނަމަ، އެމެރިކާގެ ހާލީ ޑޭވިޑްސަން މޮޓޯސައިކަލުންނާއި، ލީވައިސް ޖިންސުންނާއި، ބޯބަން ވިސްކީން ޑިއުޓީ ނަގަން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ. (މަޢޫލޫމާތު: ސީއެންއެން، ދަހިންދޫ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.