އިރުމަތީ ޣޫޠާގަައި 13 ދުވަހުގެ ތެރޭގައި 674 މަރު

ސީރިޔާގެ އިރުމަތީ ޣޫޠާއަށް ސަރުކާރުގެ ސިފައިން، ރަޝިޔާ ސިފައިންގެ އެހީތެރިކަމާއެކު، ދޭން ފެށި ވައިގެ ހަމަލާތަކަށް 13 ދުވަސްވީއިރު އެޙަމަލާތަކުގައި މަރުވި މީހުންެގެ ޢަދަދު 674 އަށް އަރައިފިއެވެ.
4 ލައްކަ މީހުން ދިރިއުޅޭ ސަރަހައްދުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ "ވައިޓް ހެލްމެޓްސް" ގެ ނަމުން މަޝްހޫރުވެފައިވާ ޖަމާޢަތް ސީރިއަން ސިވިލް ޑިފެންސް އިން ބުނާ ގޮތުގައި ފާއިތުވި ހޮނިހިރު ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން އެސަރަަހައްދަށް ދިން ހަމަލާތަކުގައި އެކަނިވެސް 103 މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި 22 ކުޑަކުދިންނާއި 43 އަންހެނުން ހިމެނެއެވެ.
ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން 2013 ވަނަ އަހަރު ޣޫޠާ ހިފިފަހުން ސަރުކާރު ސިފައިން ވަނީ އެ ސަރަހައްދު ގާތްގަނޑަކަށް ޙިޞާރުކޮށްފައެވެ. ދިމިޝްޤު ކައިރީގައި އިދިކޮޅު ހަނގުރާމަވެެރިންގެ ބާރުގެ ދަށުގައި އޮތް ހަމަ އެކަނި ސަރަަހައްދު ކަމުގައިވާ އިރުމަތީ ޣޫޠާގައި ތިބި ހަނގުރާވެރިން ބަލިކޮށްލުމަށް ކަމަށް ބުނެ ސަރުކާރު ސިފައިން ފަށާފައިވަ ޙަމަލާތަކުގައި ހާލުގައި ޖެހި މަރުވަމުން ދަނީ އާއްމު ރައްޔިތުންނެވެ.
އާއްމުންގެ ތެރެއިން ރަށުން ނުކުމެގެންދާން އެދޭ މީހުންނަށް ފުުރުސަތު ދިނުމަށް ކޮންމެ ދުވަހަކު 5 ގަޑި އިރަށް ހަމަލާތައް މެދުކަނޑާލަން ރަޝިޔާ އިސްނަގައިގެން ސީރިޔާ ސަރުކާރުން އެއްބަސްވި ނަމަވެސް އާއްމުންގެ ގިނަ ބަަޔަކު އިތުބާރެއް ނުކުރެއެވެ. ގިނަ ރައްޔިތުން ވަނީ ބިމު އަޑީގެ ބިންގަރާސްތަކުގައި ހިމާޔަތް ހޯދަން ފަށާފައެވެ. (ޚަބަރު: އަލްޖަޒީރާ.ކޮމް / އަލްޖަޒީރާ.ނެޓް)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.