ހިތަދޫ ފުށްޓަރު ފަރާތުގައި ސިޑިތަކެއް ބަހައްޓަނީ

އައްޑޫ ސިޓީ ހިތަދޫ ފުށްޓަރު ފަރާތުން އަތިރި މައްޗަށް ފައިބަން ފަސޭހައަކަށް ސިޑިތަކެއް ބަހައްޓަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ އެސަރަހައްދުގައި ސިޑިތަކެއް ބަހައްޓަނީ އަތިރިމައްޗަށްދާ މީހުނާއި ޚާއްސަކޮށް ދޮށީ އުމުރުގެ މީހުންނަށް ފަސޭހައަކަށެވެ.

ފުރަތަމަ ސިޑިބަރިތައް ބަހައްޓާނެ ތަންތަންވެސް ސިޓީ ކައުންސިލުން މިހާރުވަނީ ފާހަގަކޮށްފައެވެ. ގޮތް ބެލުމުގެ ގޮތުން ފުރަތަމަ ބަހައްޓާނީ ފަސް ދިމާއެއްގައި ފަސް ސިޑި ކަމަށްވެސް ޔަސްރިފް ވިދާޅުވިއެވެ. ސިޑިތައް ބަހައްޓާނީ އާންމުކޮށް މީހުން އަރައިފައިބާ ސަރަހައްދުތަކުގެ ތެރެއިން އެންމެ އުސް ސަރަހައްދު ތަކުގައެވެ.

ޔަސްރިފް ވިދާޅުވީ ސިތައް ބެހެއްޓުމަށް މިވަގުތަށް ޖަމަޖެހިފައިވަނީ ހިތަދޫގައި އެކަންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.