ވިލާކޮލެޖުން ހިލޭސާބަހަށް ތިން ކޯހެއް ހިންގަނީ

ވިލާ ކޮލެޖު ހިތަދޫ ކެމްޕަހުގައި ވޯޓަރ ސްޕޯޓްސް، މެރިންސައިންސް، ޑައިވްމާސްޓަރ ޕްރްގްރާމްތަކެއް މުޅިން ހިލޭ ހިންގަން ނިންމައިފައިވާ އެކެމްޕަހުން ވިދާޅުވެއްޖެއެވެ.

ވިލާކޮލެޖު ހިތަދޫ ކެމްޕަހުން ވިދާޅުވީ މިއީ 2050 ސްކޮލަޝިޕް ސްކީމުގެ ދަށުން ކުރިއަށް ގެންދާ ތިން ޕްރޮގްރާމެކެވެ. މި ތިން ޕްރޮގްރާމުގައިވެސް ކިޔަވައިދޭނީ މުޅިން ހިލޭ ކަމަށް އެ ކޮލެޖުން ވިދާޅުވިއެވެ.

އެ ތިން ޕްރޮގްރާމުގެ ތެރެއިން ޑައިވް މާސްޓަރ ޕްރޮގްރާމުގެ މުއްދަތަކީ ތިން މަހެވެ. މި ކޯހުގައި ބައިވެރިވެވޭނީ ގްރޭޑް 7 ނިންމައިފައިވުމާއެކު ފުރިހަމަ ސިއްހަތެއްގައި ހުރުމާއި، ރަނގަޅަށް ފަތަން އެނގޭ މީހުންނަށެވެ.

ވޯޓަރ ސްޕޯޓްސް ޕްރޮގްރާމަކީ ސެޓްފިކެޓް ލެވެން 3 ގެ ކޯހެކެވެ. މި ކޯހުގައި 16 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭނެއެވެ. ތައުލީމީ ފެންވަރަކީ ގްރޭޑް 7 ނިންމައިފައިވުމެވެ.

މެރިންސައިންސް ޕްރޮގްރާމުގައި ބައިވެރި ވާން ބޭނުންވާ މީހުންގެ ޝަރުތަކީ އުމުރުން 18 އަހަރުވެފައިވުމާއި، އެ ދާއިރާއިން އެއް އަހަރުގެ ތަޖުރިބާ ލިބިފައިވުމާއި، ސެޓްފިކެޓް ލެވެލް 2 ގެ ކޯހެއް ފުރިހަމަ ކުރުމާއި ނުވަތަ ގްރޭޑް 7 ނިންމައިފައިވުމެވެ.

ވިލާ ކޮލެޖު ހިތަދޫ ކެންޕަހުން ވިދާޅުވީ މި ކޯސްތައް އަންނަ މޭ މަހު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.