ހަކުރުބައްޔަކީ ހަގީގަތުގައި ފަސް ބަލި: ހޯދުންތަކުގެ ނަތީޖާ

ސައިންސުވެރިން މިހާރު ބުނަނީ ހަކުރުބައްޔަކީ ހަގީގަތުގައި ފަސް ބައްޔެވެ. މީގެ ކުރިން ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްނުވެ މަތިވެގެން ދިއުމަށް މެދުވެރިވާ ބަލި، ޑަޔަބީޓީސް (ހަކުރު ބަލި) ގެ ވަނީ ދެ ވައްތަރެއް ކުގައެވެ. އެއީ ޓައިޕް 1 އަދި ޓައިޕް 2 އެވެ.
އެހެންނަމަވެސް ސްވިޑަނާއި ޑެންމާކުގެ ސައިންސްވެރިން މިހާރު ގަބޫލުކުރަނީ އެބައިމީހުންނަށް ހޯދުނު އާ ހޯދުންތަކުގެ ސަބަބުން ހަކުރުބައްޔަށް ފަރުވާދެވޭ ގޮތް މުޅިން ބަދަލުވެެގެންދާނެ ކަމުގައެވެ. ތަޖުރިބާކާރުން ބުނަނީ މިއީ މުސްތަގުބަލަށް ކޮށިގެން ދިޔަ އާ މަގެއް ކުމުގައި ވިޔަސް، ބައްޔަށް ފަރުވާދޭ ގޮތަށް ކައިރި މުސްތަކުގުބަލެއްގައި މާބޮޑު ބަދަލުތަކެއް ނާންނާނެ ކަމުގައެވެ.
ދުނިޔޭގެ ބޮޑެތިމީހުންގެ އާދައިގެ ކޮންމެ 11 މީހެއްގެ ތެރެއިން އެކަކަށް ހަކުރުބަލި ޖެހޭއިރު އެ ބައްޔަކީ ހިތުގެ ބައްޔާއި، ވާގިނެތުމާއި، ލޯ އަނދިރިވުމާއި، ކިޑްނީ ފޭލްވުމާއި، އަތް ނުވަތަ ފައި ބުރިކޮށްލަން ޖެހުން ފަދަ ކަންކަން ދިމާވުމަށް މަގުފަހިކޮށްދޭ ބައްޔެކެވެ.
ޓައިޕް 1 ގެ ހަކުރުބައްޔަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިބަލި ހަށިގަނޑުގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމަށް އިންސިއުލިން އުފައްދާ ސްޓެމްސެލްތަކަށް ހަމަލާދިނުމުގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު އެއްވަރަކަށް ބަހައްޓަން ބޭނުންވާ ހޯމޯން ނުއުފެއްްދެނީއެވެ.
ޓައިޕް 2 ގެ ހަކުރުބަލި ބޮޑަށް ބެލެވިފައިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ހަށިގަނޑުގައި ސަރުބި ކޮންޓްރޯލް ނުވެ ގިނަ ވުމުގެ ސަބަބުން އިންސުންލިއުމަށް އުފެއްދުމަށް ހުރަސް އެޅުމުން ޖެހޭ ބައްޔެެއް ކަމުގައެވެ.
ސްވިޑަންގެ ލުންޑް ޔުނިވަރސިޓީގެ ޑަޔަބީޓީސް ސެންޓަރާއި، ފިންލޭންޑްގެ އިންސްޓިޓިއުޓް އޮފް މޮލެކިއުލާ މެޑިސިން ގުޅިގެން ހަކުރުބަލި ޖެހިފައިވާ 14775 މީހެއްގެ މައްޗަށް ކުރި ދިރާސާތަކުން ހާމަވީ ހަކުރުބަލީގެ ދެ ބާވަތެއް ވާކަަމަށް ކުރިން ޤަބޫލު ކުރެވިޔަސް ވިޔަސް ހަކުރުބައްޔަކި ތަފާތު ފަސް ވައްތަރެއް ހިމެނޭ ބައްޔެއްކަމުގައެވެ. ނުވަތަ ތަފާތު ފަސް ބައްޔެއް ކަމުގައެވެ.
ދަ ލާންސެޓް ޑަޔަބީޓީސް އެންޑް އެންޑޮކްރިނޮލޮޖީ މަޖައްލާގައި ޝާއިއުކުރި މިދިރަސާތަކުގެ ނަތީޖާ ގައިވާ ގޮތުން، އެ ބަލިމީހުން ތަފާތު ފަސް ގްރޫޕަކަށް ބެހިގެން ދެއެެވެ.
ގްރޫޕް 1: ވަރަށް މަތީ ދަރަރަޖަައަކަށް ޖެހޭ އޮޓޯއިމިއުން (ހަށިގަނޑުގެ ދިފާއީ ނިޒާމު ހަށިގަނޑާ ދެކޮަޅަށް މަސައްކުރާ) ހަކުރު ބަލި. މިއީ ޓައިޕް 1 ހަކުރު ބައްޔާ ވައްތަރު ގްރޫޕެކެވެ.
ގްރޫޕް 2: ވަރަށް މަތީ ދަރަޖައަކަށް އިންސިއުލަން ދަށްވާ ހަކުރުބަލި. މިބަލި ޖެހުމުން ވެސް ވަނީ ޓައިޕް 1 ހަކުރުބަލި ޖެހުމުން ވާ ގޮތެވެ. އެހެނަސް މިމީހުން ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރެއެވެ.
ގްރޫޕް 3: ވަރަށް މަތީ ދަރަޖައަކަށް އިންސިއުލިންއާ ދެކޮޅު ހަކުރުބަލި. މި ބަލި އާއްމުކޮށް ޖެހިފައިވަނީ ފަލަ މީހުންނަށެވެ. މިބަލި ޖެހިފައިވާ މީހުންގެ ދިފާއީ ނިޒާމުން އިންސިއުލިންް އުފައްދައެވެ. އެހެނަސް، ހަށިގަނޑުން އެ އިންސިއުލިން ޤަބޫލެއް ނުކުރެއެވެ.
ގްރޫޕް 4: ފަލަވުމާ ގުޅިފައިވާ މެދުމިނުގެ ހަކުރުބަލި: މިބަލި ޖެހިފައިވަނީ މާ ބޮޑަށް ފަލަ މީހުންނަަށެެވެ. މިމީހުން ގްރޫޕް 3 ގެ މީހުންނަށްވުރެ ހަކުރުބަލި ނުޖެހޭ މީހުންނާ ގާތް ކުރެއެވެ.
ގްރޫޕް 5: އުމުރުން ދުވަސްވުމާ ގުޅިފައިވާ މެދުމިނުގެ ހަކުރުބަލި. މިއީ އާންމުކޮށް އުމުރުން ދުވަސްވުމުން ޖެހޭ ވައްތަރެކެވެ. އަދި އާދައިގެ ވަރެއްގައި، މާ މައްޗަށް ނުގޮސް ހިފެހެއްޓިފައި ހުންނަ ވައްތެރެކެވެ. (ޚަބަރު: ބީބީސީ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.