ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ހިންމަށް އެއްވެސް މީހަކު މާލެނައުމަށް ޕީޕީއެމްގެ ޗީފް ސްޕޯކްސް ޕާސަން، ކެލާ ދާއިރާގެ މަޖިލިސް މެންބަރު އަލީ އާރިފް ގޮވާލައްފިއެވެ.
އޭނާ މިހެން ވިދާޅުވީ އަންނަ ހުކުރުދުވަހު އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބާއްވަން މަސައްކަތް ކުރަމުންދަނިކޮށްނެވެ. "ހުކުރުދުވަހު އެއްވާން އުޅޭ އެއްވުމާބެހޭ ގޮތުން ތަކުރާރުކޮށް ދަންނަވަން. ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް އެއްވެސް އަމަލެއް ހިންގުމަށް މި މާލެއަށް ނާންނައްޗޭ. މާލެ އަންނަންވީ. އެހެންނަމަވެސް މިދެންނެވި ބީދާއި ގާނޫނުއަސާސީއާއި ގާނޫނާ ޚީލާފަށް އެއްވެސް އަމަލެއް ހިންގަން އެއްވެސް ދިވެހި ރައްޔިތަކު ނާންނައްޗޭ،" އަލީ އާރިފް ވިދާލުވިއެވެ
އޭނާ ވިދާޅުވީ އެފަދަ އެއްވުމަކަށް އަތުވެއްޖެނަމަ ގާނޫނު އެބަޔަކާ އަރައި ހަމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެއީ ޔަގީންކަމެކޭ. މިސަރުކާރަކީ ނުވަތަ މި ދައުލަތުގެ ކަންކަމާ މިހާރު ހަވާޅުވެ ވަޑައިގެން ތިއްބެވި ބޭފުޅުންނަކީ ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރާ ބައެކޭ،" އޭނާ ވިދާޅުވިއެވެ.
އިދިކޮޅުން މަސައްކަތް ކުރަނީ ރޭވުންތައް ރާވައިގެން މީހުން މާލެގެނެސްގެން ހާލުގައި ޖައްސަން ކަމަށްވެސް އަލީ އާރިފް ވިދާޅުވިއެވެ. އެހެންވީމާ ޣައިރުގާނޫނީ އެފަދަ އެއްވެސް ވުމަކަށް މީހުންނައުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.