އިންޓެގްރިޓީ ކޮމިޝަނުގެ ރައީސަކަށް ސުލައިމާން އައްޔަން ކޮށްފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ސުލައިމާން އެ މަގާމަށް ހަމަޖެއްސެވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސުލައިމާން އެމަގާމަށް އައްޔަން ކުރައްވަން ފެންނަ ކަމަށް ފާސްކުރުމާއި ގުޅިގެންނެވެ. އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ސުލައިމާން އައްޔަން ކުރައްވަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 32 މެމްބަރުންވެސް ވަނީ ވޯޓު ދެއްވާފައެވެ.

ސުލައިމާންގެ ނަން ފާސްކުރުމަށް މަޖިލީހަށް ފޮނުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން 75.89 މާކްސް ދިނުމަށް ފަހު މަޖިލީހަށް ފޮނުވުމުންނެވެ.  އިލެކްޝަން ކޮމިޝަނުގެ ރައީސް ކަމުގައި ކުރިން ހުންނެވުމަށް ފަހު ސުލައިމާން އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މަހުގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.