ސުލްހައިގެ ވާހަަކަތައް ފެށުމަށް ޠާލިބާނުންނަަށް ދައުވަތު ދީފި

އަފްޣާން ސަރުކާރާއި ޠާލިބާބުނުންނާ ދެެމެދު 16 އަހަރަށް ދެމިގެންގޮސްފައިވާ ދާޚިލީ ހަނގުރާމަ ހުއްޓުމަށްޓަކައި ސުލްހައިގެ ވާހަކަތައް ފެށުމަށް އާފްޣާން ސަރުކާރުން ޠާލިބާނުންނަށް ދަޢުވަތު ދީފިއެވެ.
އަފްޣާނިސްތާނުގެ ރައީސު އަޝްރަފް ޣަނީ ވިދާޅުވީ "އިސްވެ އެއްވެސް ޝަރުޠެެއް ހުށަހެޅުމެއް ނެތި" ސުލްހައިގެ ވާހަކަތައް ފެއްޓެވުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ. ކާބުލްގައި ކުރިއަށްދާ ސުލްހައިގެ ކޮންފަރެންސެއްގައިި ވާހަކަފުޅު ދައްކަވަމުން ރައީސް ޣަނީ ހުށަޅުއްވި ކަންކަމުގެ ތެރޭގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާއި ހަނގުރާމައިގެ އަސީރުން ބަދަލުކުރުން ހިމެނެއެވެ.
މިހުށަހެޅުމަށް ޠާލިބާންގެ ފަރާތުން އަދި ޖަވާބެއް ދީފައި ނުވެއެވެ. މިފަދަ ހުށަހެޅުންތައް ކުރިން ހުށަހެޅިފައި ވިޔަސް، ޠާލިބާނުން ހަމަލާތައް ބަދަލުކުރުން ހުއްޓާފައި ނުވެއެވެ.
ބީބީސީ އަފްޣާން ސަރވިސްއާ ވާހަކަ ދައްކަވަމުން ޠާލިބާންގެ ތަރުމާން ވިދާޅުވީ، ޠާލިބާން ޒަޢާމަތުން ދެއްވާ ޖަވާބެއްގެ އިންތިޒާރުގައި ހުރިކަމަށެވެ.
2014 ވަނަ އަހަރު ބޭރުގެ ސިފައިން އަފްޣާނިސްތާނުން ފޭބި ފަހުން، ޠާލިބާން ހަނގުރާމަވެރިން ވަނީ އެ ޤަައުމު ބޮޑު ބައެއް ހިފާފައެވެ. އެމީހުން އަތުން ކުރިން ދޫވެގެންދިޔަ ސަރަހައްދުތައްވެސް އެމީހުން ވަނީ އަލުން ހިފާފައެވެ. ހަނގުރާމައިގެ ސަބަބުން އަފްޣާން ސިފައިންނަށް ލިބޭ ގެެއްލުން ބޮޑުވަމުން ދިއުމަކީ ސަރުކާރުން ސުލްހައިގެ ވާހަކަތަކަށް ގޮވައިލި މައިގަނޑު ސަބަބު ކަމުގައި ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.