ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި ތިންމީހަކަށް އަނިޔާވެއްޖެ

އައްޑޫސިޓީ ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ބަންގްލަދޭޝް މީހަކަށާއި 2 ދިވެހިންނަށެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އެ ތިންމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށެވެ.

"އޭގެ ތެރެއިން ދެ ދިވެހިންނަށް މާބޮޑު އަނިޔާއެއް ނުވޭ. އެކަމަކު ބިދޭސީ މީހާ ގެނައިއިރު ހެޔެއްވެސް ނެތް. ނަމަވެސް މިހާރު އޭނާ ހެއިވެސް އަރައިފި. އޭނާގެ މޫނަށާއި ބޮލަށްވަނީ ޒަޚަމްތަކެއް ލިބިފައި. ޑޮކްޓަރުން ފަރުވާ ދެމުން ގެންދާތީ ހާލަތުގެ ސީރިއަސް ކަމާމެދު އަދި އެއްޗެއް ބުނަންނޭނގޭ،" ނަޖީބު ވިދާޅުވިއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫ ބޮޑުމަގުން ދުއްވާފައި އައި ދެ ސައިކަލް ޖެހިގެންނެވެ. މަންޒަރުދުށް ކަމަށް ބުނާ މީބައެއް މީހުން މައުލޫމާތު ދިންގޮތުގައި އެމީހުންނަށް މާބޮޑު އަނިޔާއެއްވާނެ ކަމަށް ނުބެލެވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.