ފުނަދޫ ރަންވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ށ، ފުނަދޫގައި ސަރުކާރުންއަޅާ އެއާޕޯޓުގެ ރަންވޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.

އެމަސައްކަތް އެމްޓީސީސީއާ ހަވާޅުކޮށްފައިވަނީ 5 މަސްތެރޭގައި ނިންމުމަށެވެ. މަސައްކަތުގެ އަގަކީ 49 މިލިއަން ރުފިޔާއެވެ. ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މެނޭޖިންޑިރެކްޓަރ އަހުމަދު ކުރިކް ރިޒާއެވެ.

މި މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ މެޝިންތަކެއް މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ. ކުރިއަށްއޮތް ދެހަފްތާތެރޭގައި އެމަސައްކަތް ފަށާނެ ކަމަށް އެމްޓީސީސީންވަނީ ބުނެފައެވެ. ރަންވޭގެ އިތުރަށް އެއާޕޯޓު ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތްވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

މިއަދުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މަޖިލިސް މެންބަރު ސަލީމްވެސް ބައިވެރިވެ ވަޑައިގެން ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ ފުނަދޫގެ ތަރައްގީގެ ހަގީގީ ބާނީއަކަށް ވެގެންމިދިޔައީ ރައީސް ޔާމީން ކަމަށެވެ. އެ ރަށުގައި އެއާޕޯޓެއް އެޅުމުން އެއަތޮޅުގައި ފަތުރުވެރިކަން އާލާ ކުރުމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.